ސިލްކް އެއަރގެ ދަތުރުތައް ޑިސެމްބަރ މަހު ރާއްޖެއަށް ފަށަނީ

5 އޮކްޓޯބަރ 2020 - 13:28

ސިލްކް އެއަރއިން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް އަންނަ ޑިސެމްބަރ މަހުން ފެށިގެން އަލުން ފެށުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

ސިންގްޕޫރުގެ ސިލްކް އެއަރައިން ބުނީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނެކަމަށެވެ. މި ދަތުރުތައް ފަށާއިރު ހަފްތާއަކު 2 ފްލައިޓް އޮޕަރޭޓްކުރާނެއެވެ. ސިލްކް އެއަރގެ ދަތުރުތައް ކުރާނީ ސިންގަޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ފްލައިޓް އޮންނާނީ ހަފްތާގެ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ 737-800 މަރުކާގެ ބޯޓުތަކެވެ.

advertisement

ސިންގަޕޯރ އެއަރލައިންގެ ދަށުން ހިންގާ ސިލްކް އެއަރއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރު ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. ކޯވިޑް19 ގެ ކުރިން ސިންގަޕޯރ އެއަރލައިންއާއި ސިލްކް އެއަރއިން ރާއްޖެއަށް ހަފްތާއަކު 16 ދަތުރުއައީ ކުރަމުންނެވެ. ނަމަވެސް ކޯވިޑް19 އާއި ގުޅިގެން މި ދަތުރުތައް ވަނީ ހުއްޓިފައެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިއާއިއެކު ގިނަ ބައިނަލްއަޤްވާމީ އެއަރލައިންތަކަކުން މިހާރު އަންނަނީ އެ އެއަރލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ފަށަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0