އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 5.2 މިލިއަން ރުފިޔާ

10 އޮކްޓޯބަރ 2020 - 11:25

އޮގަސްޓްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 5.2 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އޮގަސްޓްމަހު ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 4.3 މިލިއަން ރުފިޔާއެވެ. ހޮޓެލްތަކުން އެއްލައްކަ ފަސްދޮޅަސް އެއްހާސް ރުފިޔާ ލިބިފައިވާއިރު، ގެސްޓްހައުސްތަކުން ލިބިފައިވަނީ ހަލައްކަ ނަވާރަ ހާސް ރުފިޔާއެވެ. މީގެއިތުރުން ސަފާރީތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ އެއްލައްކަ ސާޅީސް އެއްހާސް ރުފިޔާއެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާލާއިރު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ ނުހިމެނޭ ގޮތަށް ކ. އަތޮޅުންނެވެ. ކ. އަތޮޅުން ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2 ވަނަ އަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ ރ. އަތޮޅުންނެވެ. އެއީ ހަތްލައްކަ ރުފިޔާއެވެ. 5 ލައްކަ ރުފިޔާއާއިއެކު 3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ އދ. އަތޮޅުންނެވެ. އެންމެ މަދުން ގްރީން ޓެކްސް ލިބިފައިވަނީ އައްޑޫ އަތޮޅުންނެވެ. އެއީ 183 ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އޮގަސްޓްމަހު ގްރީން ޓެކްސްގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 72 މިލިއަން ރުފިޔާއާ އަޅާބަލާއިރު 92.7 އިންސައްތަ ދަށް އަދަދެކެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0