ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނޮވެމްބަރު މަހު ނިންމަނީ

17 އޮކްޓޯބަރ 2020 - 16:07

ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނޮވެމްބަރު 11އަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ ސައިޓަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ޒިޔާރަތްކުރައްވައި، އެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ.
އެމް.ޓީ.ސީ.ސީން ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި އަމާޒަކީ އަންނަމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލުންކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

advertisement

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުން ވަނީ 84،2200 އަކަ މީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.

ހޯރަފުށީ އެއަރޕޯޓުގައި ޕަސެންޖަރ ޓަރމިނަލަކާއި، ފަޔަރ ބިލްޑިންގއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމް.ޓީ.ސީ.ސީއާއެވެ. މި މަޝްރޫޢުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގައި ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ 100 މީހުންގެ ޖާގައިގެ ޕަސެންޖަރ ޓަރމިނަލެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0