މާލެ ސަރަހައްދުގެ ހޮޓާ ރެސްޓޯރެންޓްތަަައް ބަންދުކުރަންޖެހޭ ގަޑި ބަދަލުކޮށްފި

17 އޮކްޓޯބަރ 2020 - 19:52

ގްރޭޓާ މާލެ ސަރަަހައްދުގެ ހޮޓޯ ރެސްޓޭރެންޓާއި ކެފޭތައް ބަންދުކުރަންޖެހޭ ގަޑި ބަދަލުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަގުތުތަކަށް ބަދަލު ގެނެސްފައި މި ވަނީ މާލެ ސަރަހައްދުގެ ކާފިއު ގަޑި ވެސް ބަދަލުވުމާ ގުޅިގެންނެވެ. އެޗްޕީއޭ އިން ރޭ ވަނީ ކާފިއު ގަޑި ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައެވެ. މީގެ ކުރިން ކާފިއު ވަގުތު ރޭގަނޑު 10:00 އިން ފެށެއެވެ.

advertisement

އަލަށް ގެނައި ބަދަލާ އެކު ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންނުން ރޭގަނޑު 10:30 ވަންދެން ހިދުމަތް ދެވޭނެއެވެ. ކުރިން ހަމަޖައްސާފައި އޮތް ގޮތުން ރޭގަނޑު 9:30ގައި ތަންތަން ބަންދުކުރަންޖެހެއެވެ. ކޮވިޑްގެ ކުރިން ހޮޓާ ރެސްޓޯރެންޓްތައް 12 ޖަހަންދެން ހުޅުވާފައި ހުރެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް ހިންގާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެ ގޮތުން ހިދުމަތް ދޭން ލިބޭ ވަގުތުކޮޅު ކުޑަވުމުން ވިޔަފާރި އަށް ބޮޑު އަސަރެއް ކޮށް ބައެއް ތަންތަން ވަނީ ބަންދު ވެސް ކޮށްފައެވެ. މިކަމާ ގުޅިގެން ރެސްޓޯރެންޓް ކެފޭތަކުގެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0