ޤަތަރުން ކަނޑައަޅާ ރައްކާތެރި ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އަރައިފި

25 އޮކްޓޯބަރ 2020 - 12:13

ކޯވިޑް-19 އާ ގުޅިގެން މީހުން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ގަތަރު ސަރުކާރުން ރާއްޖެ ހިމަނައިފި އެވެ.

ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތް އިން އެޤައުމުގެ “ގްރީން ލިސްޓް” ގައި 48 ޤައުމެއް ވަނީ ހިމަނާފައެވެ. މި މަހުގެ 22 ވަނަ ދުވަހު ނެރުނު މި “ގްރީން ލިސްޓް” ގައި ރާއްޖެ ވަނީ ހިމެނިފައެވެ. މިއީ ކޮވިޑް-19 އިގެ ބަލި ފެތުރެން ފެށި ފަހުން މި ލިސްޓުގައި ރާއްޖެ ހިމެނުނު ފުރަތަމަ ފަހަރެވެ.

advertisement

“ގްރީން ލިސްޓް” އަށް އަރާ ޤައުމުތަކަށް ދަތުރު ކުރަން ގަތަރުއުޅޭ މީހުންނަށް ލުއި ތަކެއް ދޭނެ އެވެ. އެގޮތުން އެ ޤައުމުތަކަށް ގޮސް އަނބުރާ ޤަތަރަށް އައިސް ކަރަންޓީން ވުމުގައި ލިބޭ ލުއިތައް ފާހަގަކޮށްލެވެއެވެ.

ޤަތަރުން ލުއިދިން ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނިފައިވާއިރު ދާދިފަހުން އިނގިރޭސިވިލާތުން ލުއިދިން ޤައުމުތަކުގެ ލިސްޓްގައިވެސް ރާއްޖެ ވަނީ ހިމެނިފައެވެ. ޤައުމުތަކުން ރާއްޖެއަށް ލުއިދޭން ފަށާފައިމިވަނީ ރާއްޖޭގައި ކޯވިޑް19 ކޭސްތައް ކުރިއާއި އަޅާބަލާއިރު މަދުވެފައިވާ ދަނޑިވަޅެއްގައެވެ.

ޤަތަރަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވުމާއިއެކު އެންމެ ފުރަތަމަ ރާއްޖެއަށް އައީވެސް ޤަތަރު އެއަރވޭސްގެ ބޯޓެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0