މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް ލިބުނު ފައިދާ ދަށްވެއްޖެ
5 ނޮވެމްބަރ 2020 - 11:42
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ލިބުނު ފައިދާ %19.9 ދަށްވެއްޖެއެވެ.
އެމްޓީޑީސީން އާއްމުކޮށްފައިވާ މައުލޫމާތަށް
ބަލާއިރު މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ
13.6 މިލިއަން ރުފިޔާއެވެ. އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި
އެކުންފުންޏަށް ލިބިފައިވަނީ 13.7 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި
އެމްޓީޑީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 4.1 މިލިއަން ރުފިޔާއެވެ. މިއަހަރުގެ
ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 5.2 މިލިއަން
ރުފިޔާއެވެ. އެހެންކަމުން 3 ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 19.9 އިންސައްތަ
ދަށް ވެފައެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި
އެމްޓީޑީސީއިންވަނީ ކުންފުނި ހިންގުމަށް 4.6 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. އަދި ކުންފުނީގެ އިދާރީ ޙަރަދުތައްވެސް ވަނީ
އިތުރުވެފައެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައިވަނީ އިދާރީ ކަންކަމަށް 3.1
މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާއިރު މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާއި
އަޅާބަލާއިރު 57 އިންސައްތަ އިތުރު އަދަދެއްކަމަށް އެ ކުންފުނީގެ މާލީ
ތަފާސްހިސާބުތަކުން ދައްކައެވެ.