ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި
16 ނޮވެމްބަރ 2020 - 12:25
ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް
ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން
އިޢުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ،
ހއ. ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 864،414
(އައްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރު ސަތޭކަ ސާދަ) އަކަފޫޓުގެ
ބިމެއްކަމަށެވެ. އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ
މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް
ބީލަމަށް ހުޅުވާލާކަމަށެވެ.
ކެލާގައި ޓޫރިސްޓް ހޮޓާ
ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ
13:00 ގައި ޓޫރިޒަމް މިނިސްޓްރީން ޒޫމް މެދުވެރިކޮށް ބާއްވާ މަޢުލޫމާތު
ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރވާންޖެހޭނެއެވެ. އަދި 17 ޑިސެންބަރު ވާ
ބުރާސްފަތި ދުވަހު 10:00 އަށް އެ މިނިސްޓްރީއަށް ބީލަން
ހުށައަޅަންޖެހޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ
ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 25 ނޮވެންބަރުގެ ކުރިން އެ މިނިސްޓްރީގެ އީމެއިލް (planning@tourism.gov.mv) އަށް ނަމާއި، އީމެއިލް އެޑްރެސް، ފޮނުވަން ޖެހޭނެއެވެ. މި
އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ
ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. ބީލަން ފޮތް ދޫކުރާނީ 22 ނޮވެންބަރުން ފެށިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީން މީގެކުރިން
ވަނީ ހއ.އުލިގަމުގައި ސިޓީހޮޓަލަކާއެކު ޔޮޓު މެރީނާއެއް ތަރައްޤީކުރުމަށްވެސް
ބީލަމަށް ހުޅުވާލާފައެވެ.