އެއް ފަހަރާ ރީޗާޖުކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ޕެކޭޖްތަކެއް އުރީދޫއިން ތައާރަފްކޮށްފި

22 ނޮވެމްބަރ 2020 - 13:42

އެއް ފަހަރާ ރީޗާޖުކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްލޭންތަކެއް އުރީދޫއިން ތައާރަފުކޮށްފި އެވެ.

“އާޗާ ޕްރިޕެއިޑް”ގެ ނަމުގައި އުރީދޫއިން ތައާރަފުކޮށްފައިވަނީ ތިން ޕްލޭނެކެވެ. އެއީ ތިން މަހަށް ރީޗާޖުކޮށްލެވޭ، ހަ މަހަށް ރީޗާޖުކޮށްލެވޭ އަދި 12 މަހަށް ރީޗާޖުކޮށްލެވޭ ޕްލޭންތަކެއް ކަމަށް އުރީދޫއިން ބުނެއެވެ.

advertisement

 ތިން މަސް ދުވަހުގެ ޕްލޭންގައި ކޮންމެ މަހަކު 2.5ޖީބީ ޑޭޓާއާއެކު އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލާއި އެހެން ނެޓްވޯކުތަކަށް 25 މިނެޓުގެ ކޯލްސްގެ އިތުރުން 50 ލޯކަލް އެސްއެމްއެސް ލިބޭނެއެވެ. 6 މަސް ދުވަހުގެ ޕްލޭންގައި ކޮންމެ މަހަކު 3ޖީބީ ޑޭޓާއާއެކު އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލާއި އެހެން ނެޓްވޯކުތަކަށް 50 މިނެޓުގެ ކޯލްސްގެ އިތުރުން 100 ލޯކަލް އެސްއެމްއެސް ލިބޭނެއެވެ. 12 މަސް ދުވަހުގެ ޕްލޭންގައި ކޮންމެ މަހަކު 3.5 ޖީބީ ޑޭޓާއާއެކު އުރީދޫގެ ހުރިހާ ނަންބަރުތަކަށް އަންލިމިޓެޑް ކޯލާއި އެހެން ނެޓްވޯކުތަކަށް 100 މިނެޓުގެ ކޯލްގެ އިތުރުން 200 ލޯކަލް އެސްއެމްސް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ.

މި ޕްލޭންތައް އުރީދޫގެ އެޕްލިކޭޝަން ނުވަތަ އެސްއެމްއެސް ނުވަތަ *929*1#އަށް ގުޅައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކުރުމަށް ކީވޯޑް “3” (ތިން މަހުގެ ޕްލޭން)، “6” (ހަ މަހުގެ ޕްލޭން) ނުވަތަ “12” (12 މަހުގެ ޕްލޭން) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އަލަށް ތައާރަފުކޮށްފައިވާ ހިދުމަތުގެ ދަށުން އެންމެ ކުޑަ ޕެކޭޖަކީ ތިން މަހަށް ރީޗާޖުކުރެވޭ ޕެކޭޖެވެ. އެ ޕެކޭޖަށް ދައްކަން ޖެހޭނީ 750 ރުފިޔާ އެވެ. އާޗާ ޕްރިޕެއިޑްގެ ހަ މަހުގެ ޕެކޭޖަށް 1،500 ރުފިޔާ ދައްކަން ޖެހޭއިރު 12 މަހުގެ ޕެކޭޗަށް 3،000 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0