ދައުލަތުން ހުށަހެޅި ބަޖެޓަށް 200 މިލިއަން އިތުރުކޮށް ފާސްކޮށްފި

1 ޑިސެމްބަރ 2020 - 11:14

ސަރުކާރުން ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީން އިތުރުކުރި 200 މިލިއަން ރުފިޔާއާ އެކު 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ފާސްކޮށްފިއެވެ.

ބަޖެޓް ކޮމިޓީން ގެނައި ބަދަލުތަކާ އެކު ބަޖެޓް ރިޕޯޓް މިއަދު ފާސްކުރީ 68 މެންބަރުންގެ ވޯޓާއެކުއެވެ. މި ބަޖެޓަށް ވޯޓު ދީފައި ވަނީ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކުގެ މެންބަރުންނެވެ. އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އާއި ސަރުކާރާ ދެކޮޅު މެންބަރުން މި ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވައެވެ.

advertisement

ދައުލަތުން އެންމެގެ ފުރަތަމަ ބަޖެޓް ހުށަހެޅި އިރު ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ބެލެވެނީ 17 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެންކަމުން 15 ބިލިއަނެއްހާ ރުފިޔާ އިން ޑެފިސިޓް ވާނެއެވެ. ނަމަވެސް ބަޖެޓް ކޮމިޓީގައި ކުރެވުނު މަޝްވަރާތަކަށް ފަހު ދައުލަތަށް ލިބޭނެ އާމްދަނީ 21 ބިލިއަނަށް ވަނީ އިތުރުކޮށްފައެވެ. އެހެންކަމުން ބަޖެޓް ޑެފިސިޓް ވާނެ ކަމަށް މިހާރު އަންދާޒާކޮށްފައި ވަނީ 12.3 ބިލިއަން ރުފިޔާއެވެ.

ބަޖެޓަށް ކޮމިޓީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ޕީއެސްއައިޕީގެ ބައެއް މަޝްރޫއުތަކަށް ގެނައި ބަދަލު ހިމެނެއެވެ. އަދި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް ބަދަލުތަކެއް ގެނެސްފައި ވެއެވެ. އެގޮތުން މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ފައިސާ އިތުރުކޮށްދީފައި ވެއެވެ.

ދައުލަތުން އަންނަ އަހަރު ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ބަޖެޓްގައި ހިމަނާފައި ވެއެވެ. މީގެ އިތުރުން ބަޖެޓްގެ ބޮޑު ބައެއް ހަރަދު ވާނީ ހިންގުމުގެ ހަރަދަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0