ސިލްކް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި
2 ޑިސެމްބަރ 2020 - 14:42
ސިންގަޕޯރ އެއަރލައިންސްގެ ދަށުން އޮޕަރޭޓްކުރާ “ސިލްކް އެއަރ”ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. ސިލްކް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވަނީ އިއްޔެއެވެ.
ސިލްކް އެއަރއިން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މި ދަތުރުތައް ކުރާނީ ޗަންގީ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުގެ ކުރިން ސިންގަޕޯރ
އެއަރލައިންސް އަދި ސިލްކް އެއަރލައިންސްއިން ދިޔައީ ހަފްތާއަކު 16 ދަތުރު
ރާއްޖެއަށް ބާއްވަމުންނެވެ.
ސިންގަޕޯރ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 1984 ވަނަ
އަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. އަދި ސިންގަޕޯރ އެއަރލައިންގެސް ދަށުން އޮޕަރޭޓުކުރާ
ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 2015 ވަނަ އަހަރުގެ
އޮކްޓޫބަރުމަހުއެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް 18 އެއަރލައިންއަކުން
ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.