ކާގޯ ފެރީ އަންނަ ބުރާސްފަތި ދުވަހު އައްޑޫއަށް ބަނދަރުކުރާނެ

9 ޑިސެމްބަރ 2020 - 11:20

އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖެ އަންނަ ކާގޯ ފެރީ ބުރާސްފަތި ދުވަހު އައްޑޫގައި ބަނދަރުކުރާނެކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން ބުނެފިއެވެ.
އިންޑިއާގެ ޓުޓިކޮރިންއިން އަންނަ ކާގޯ ފެރީ “އެމްވީ ބޮންތި 2” އިންޑިއާއިން ފުރާފައިވަނީ ހޯމަ ދުވަހުއެވެ. މި ކާގޯ ފެރީ އައްޑޫއަށް ބަނދަރުކުރާނީ ބުރާސްފަތި ދުވަހުކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގް ކުންފުނިން ބުނެއެވެ.
އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ އާއި ގދ. ތިނަދޫއަށް ކުރާ ކާގޯ ފެރީ އިންޑިއާއިން ރާއްޖެ އައުމަށް ދަތުރު ފަށާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ފެރީ ރާއްޖެ އައުމަށް ލަސްތަކެއް ކުރިމަތިވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން ބުނެއެވެ. މި ކާގޯ ފެރީން ކޮންމެ 20 ދުވަހަކުން ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރީން އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާއި ދެމެދުވެސް ވަނީ ކާގޯ ފެރީގެ ޙިދުމަތުން ގުޅާލާފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ކޮޗިން އާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށާފައިވަނީ މިއަހަރު ސެޕްޓެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބޭރު ޤައުމުތަކުން މުދާ ގެންނަ ބޯޓުތައް އަންނަން ފަށާފައިވާއިރު، ރާއްޖެއިން ބޭރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ސީދާ މުދާ ގެނެއުމަގެ މަސައްކަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މުހިއްމު ވައުދުފުޅެކެވެ.

ކާގޯ ފެރީގެ ޙިދުމަތް ފެށުމަކީ ވިޔަފާރިވެރިންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގުފަހިވެގެންދާނެކަމަށް ކަމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0