ބީއެމްއެލް އިސްލާމިކް އިން އައު އެޑިޔުކޭޝަން ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކޮށްފިއި

23 ޑިސެމްބަރ 2020 - 15:13

ބީއެމްއެލް އިސްލާމިކް އިން އައު އެޑިޔުކޭޝަން ފައިނޭންސިންގ ފެސިލިޓީއެއް މިއަދު ތައާރަފްކޮށްފިއެވެ. ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ޢިޖާރާގެ ދަށުން އެކުލަވާލެވިފައިވާ މި ފެސިލިޓީ އަކީ ސަރޓިފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފް ކުރi ފެސިލިޓީއެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެޑިޔުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ޓިއުޝަން ފީ، ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ޚަރަދުތައް ހިމަނައިގެން ޖުމްލަ ޚަރަދުގެ %75 އާ ހަމަޔަށް ފައިނޭންސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފައިސާ ދައްކާ ޚަލާސްކުރުމަށް އެންމެ ދިގުމުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވާއިރު މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ %11 ގެ ރޭޓުގައެވެ. މި ފައިނޭންސިންގ އަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލްކުރުމަށްފަހުގައެވެ. ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ޚަރަދުގެ %25 ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެއެވެ. އަދި  ރަހުނުގެ  ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ % 150 އަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

advertisement

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ މި ތައާރަފްކުރެރެވުނު އެޑިޔުކޭޝަން ފައިނޭންސިންގ އަކީ އިސްލާމިކް ފައިނޭންސިންގ ފެސލިޓީ އެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއްކަމަށެވެ. ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެޑިޔުކޭޝަން ފައިނޭންސިންގ އަށް އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0