ސްޕައިސްޖެޓުން މުންބާއީއާއި ރާއްޖެ އާއި ދެމެދު ޙާއްސަ ދަތުރުތަކެއް ބާއްވަނީ

24 ޑިސެމްބަރ 2020 - 15:37

އިންޑިއާގެ ބަޖެޓް އެއަރލައިނެއް ކަމަށްވާ، ސްޕައިސް ޖެޓުން ރާއްޖެއާއި އިންޑިއާގެ މުމްބާއީއާ ދެމެދު ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ސްޕައިސް ޖެޓުން މުމްބާއީ އާއި ރާއްޖެއާއި ދެމެދު ބާއްވާ މި ދަތުރުތައް ކުރާނީ ހަފްތާގެ އާދިއްތަ، ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތައް އަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔުމަށް އެއަރލައިނުން ވަނީ ނިންމާފައެވެ.
ސްޕައިސް ޖެޓުގެ މި ދަތުރުތައް ރާއްޖެއަށް ބާއްވަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ޤާއިމްކޮށްފައިވާ އެއަރ ބަބުލް އެއްބަސްވުމުގެ ދަށުންނެވެ. ސްޕައިސް ޖެޓުން މިހާރުވެސްދަނީ އިންޑިއާގެ ކޮޗިންއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ.
ސްޕައިސް ޖެޓުގެ އިތުރުން އިންޑިއާގެ ގޯ އެއަރއިންނާއި، އިންޑިގޯ އެއަރލައިނުންވެސް ދަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރުމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ވަނީ 22535 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިމިވަނީ ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު އިންޑިއާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއަރ ބަބުލް އެއްބަސްވުމުގެ ސަބަބުންނެވެ. އަދި އިންޑިއާ މާކެޓަށް ޙާއްސަކޮށްގެން ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ކެންޕެއިންތަކެއްވެސް އަންނަނީ ހިންގަމުންނެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0