ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފި

10 ފެބުރުއަރީ 2021 - 14:28

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށްފިއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފައިވަނީ އިއްޔެއެވެ.

advertisement

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ވަނީ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމު މެދުވެރިކޮށް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ 1414އަށް އެސްއެމްއެސްކޮށްގެން ރަޖިސްޓްރީ ޗެކް ކުރުމަށް އިލެކްޝަނުން ވަނީ އެދިފައެވެ. 

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ. މިހާރު ވާގޮތުން އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހެވެ.

ރިއެކްޝަންސް
0
0
0
0
0
0
0