އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

23 މާޗް 2021 - 14:48

އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވައިފިއެވެ. އިންފޮމޭޝަން ކޮމިޝަނަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ އިއްޔެއެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ މަޤާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ހުސައިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަޤާމް ހުސްވެފައިވާތީއެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އެދި ހުށައަޅާ ފޯމްތައް މިމަހުގެ 30 އަދި 31ވަނަ ދުވަހު ހެނދުނު 9:30 އިން ފެށިގެން 13:30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނަމުންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓު،www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

advertisement

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0