އެންމެ ފަހުގެ އެޕަލް ޕްރޮޑަކްޓްސްތަކެއް ޕްރީ އޯޑަރ ކުރުމަށް މޫލީއިން ހުޅުވާލައިފި

5 އެޕްރީލް 2021 - 12:37

އީ ކޮމަރސް ޕްލެޓްފޯރމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއަރ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ.

މޫލީ ޕްލެޓްފޯރމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ މި ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ދެއްކޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރވެސް ކޮށްލަދޭނެއެވެ. މޫލީ ޓީމުން ވިދާޅުވީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއަރ ޕްރީ އޯޑަރއަށް ނަންގަވާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވަރ ކުރެވިގެންދާނެކަމަށެވެ.

advertisement

އައިޕެޑް ޕްރޯ 12.9″ (ކެޕޭސިޓީ 256 ޖީބީ) ގެ އަގަކީ 22،299 ރުފިޔާ.
މެކްބުކް އެއަރ 13″ (ކެޕޭސިޓީ 512 ޖީބީ) ގެ އަގަކީ 22،599 ރުފިޔާ.
މެކްބުކް ޕްރޯ 13″ (ކެޕޭސިޓީ 512 ޖީބީ) ގެ އަގަކީ 32،199.01 ރުފިޔާ.

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.

މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ. މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0