އިންޓަރނެޓް ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމައިފި
27 މެއި 2021 - 11:32
ރެސިޑެންޝަލް އިންޓަރނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ގޮތް:
- މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ހިދުމަތްތައް ބޭނުންކުރާ ގިނަ ފަރާތްތަކަށް (%60 – %75) މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެ
- އިންޓަރނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިވެގެންދާނެ. މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1Mbps އާއި 2Mbps އާ ދެމެދުކަމަށް
- ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަރނެޓުގެ ޒަރީއާއިން ބޭނުންކުރާ ގިނަ ހިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ހަރަދު އުނިވެގެންދާނެ.
- މިގޮތުން، އާދައިގެ މިންވަރަކަށް އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށާއި، ސްކޫލް ކުދިންގެ ވީޑިއޯ ކޮންފަރެންސިންގ ފަދަ ބޭނުންތަކަށާއި، އައި. ސީ. ޓީ. ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް، މިގެނެވޭ ބަދަލުތަކުގެ މަންފާލިބިގެންދާނެ ކަމަށް. އަދި ޕެކޭޖްގެ ތްރޮޓްލް ސްޕީޑުގައިވެސް ޢާއްމު ބޭނުންތަކަށް އެކަށޭނަ ސްޕީޑެއްގައި އިންޓަރނެޓުގެ ޚިދުމަތް ލިބިގެންދާނެ.
- 300 ރުފިޔާއަށް ވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓަލް ސްޕީޑް 5 އެމް.ބީ.ޕީ.އެސް އަށް ވުރެ ދަށްނުކުރުމަށް ކަނޑައެޅުން
އަތްފޯރާ ފަށުގައި ފެންވަރު ރަގަޅު އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް 3 އަހަރު ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރުމަށްވަނީ ރާވާފައި:
- އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރެވެން ފެށުމުން، ރާއްޖޭގައި ދޭ އިންޓަރނެޓް ހިދުމަތުގެ ފެންވަރާއި އަގުތައް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ގަވައިދުން ރެގިއުލޭޓް ކުރަމުންދާނެ. މިގޮތުން ރެގިއުލޭޓަރީ ފްރޭމްވަރކް ހަރުދަނާކުރެވި، ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް އިންޓަރނެޓް ސްޕީޑް އަދި ކޮލިޓީ މޮނިޓަރިންގ ގެ މަސައްކަތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައި.
- މިހާރު މި ގެނެވުނު ބަދަލުތަކުގެ އިތުރަށްވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް މިއަށްވުރެ އެކަށޭނަ އަގުތަކެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންކަން ހޯދުމަށް ސަރވިސް ޕްރޮވައިޑަރުންނާއެކު ވަނީ އެއްބަސްވެފައި
އިންޓަރނެޓަކީ މިއަދު އަސާސީ ޚިދުމަތެއް
- މިއަދު އިންޓަރނެޓް މިވަނީ އާންމު ދިރިއުޅުމުގެ އެއްބަޔަށް ވެފައި
- އޮފީސް މަސައްކަތް، އޮންލައިން ކްލާސްތައް، ޑޮކްޓަރަށް ދެއްކުންވެސް މިއަދު ކުރަނީ އިންޓަރނެޓް މެދުވެރިކޮށް. ހާއްސަކޮށް ކޮވިޑް-19 ގެ ޕެންޑަމިކް ގެ ސަބަބުން އިންޓަރނެޓުގެ ޚިދުމަތަށް ބަރޯސާވާންޖެހޭ މިންވަރު ނިސްބަތުން އިތުރުވެފައިވޭ.
- އިންޓަރނެޓަކީ އަސާސީ ޚިދުމަތެއް ކަމަށް ބަލައި، ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން، އެކަށީގެންވާ ފެންވަރެއްގައި އަދި އަގެއްގައި އިންޓަރނެޓް ލިބޭނެ ޕެކޭޖް ތައާރަފުކުރުމަށް ސަރުކާރުން އިސްކަންދޭ
- މިގޮތުން، އާދައިގެ މިންވަރަކަށް އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށާއި، ސްކޫލް ކުދިންގެ ވީޑިއޯ ކޮންފަރެންސިންގ ފަދަ ބޭނުންތަކަށާއި، އައި. ސީ. ޓީ. ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް، މިގެނެވޭ ބަދަލުތަކުގެ މަންފާލިބިގެންދާނެ ކަމަށް. އަދި ޕެކޭޖްގެ ތްރޮޓްލް ސްޕީޑުގައިވެސް އާއްމު ބޭނުންތަކަށް އެކަށޭނަ ސްޕީޑެއްގައި އިންޓަރނެޓުގެ ހިދުމަތް ލިބިގެންދާނެ.
އިންޓަރނެޓްގެ ޚިދުމަތަށް ބަދަލު ގެނެވޭނީ ފޭސްތަކަކަށް ބަހާލައިގެން:
- ފުރަތަމަ ފޭސް: ރެސިޑެންޝަލް އިންޓަރނެޓް ގެ ހިދުމަތް – ދެ ސަރވިސް ޕްރޮވައިޑަރުން (ދިރާގު އަދި އޫރިދޫ އިން) 2021 ވަނަ އަހަރުގެ ޖުލައި މަހު، އަގުތައް %28 – %30 އަށް ދަށްކޮށް، އަދި ޕެކެޖުގެ ގޮތުން ތްރޮޓްލް ސްޕީޑު 2Mbps ނުވަތަ 5Mbps އަށް ބަދަލުގެނައުމަށް ނިންމާފައިވޭ.
- އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ބަދަލު ގެނެވޭނެ.
ސަރުކާރު ޑިޖިޓައިޒޭޝަން ޕްރޮގްރާމްގެ ފައިދާ ވަރަށް އަވަހަށް ރައްޔިތުންނަށް ލިބިގެންދާނެ: މިނިސްޓަރ
- ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ނެޓަށް ބަރޯސާވާ މިންވަރު މިއަދު ބޮޑު
- ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ދާއިރާގެ ބޭފުޅުންގެ މަޝްވަރާގެ މަތިން ސަރުކާރުގެ އަމާޒަކަށްވީ އިންޓަރނެޓްގެ ހިދުމަތަށް ޖުމްލަ ގޮތެއްގައި ހެޔޮ ބަދަލެއް ގެނައުން
- ރާއްޖެއަކީ އުފެދުމުގެ ގޮތުންވެސް ޓެކްނޮލޮޖީއަށް ބަރޯސާނުވެ ތަރައްގީ ނުވެވޭނެ ޤައުމެއް. ޓެކްނޮލޮޖީ މިއަދު މިވަނީ ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ މިންވަރަށް ތަރައްގީ ވެފައި.
- ސަރުކާރުގެ އަމާޒަކީ މި ޓެކްނޮލޮޖީއާ ދިވެހިރާއްޖެއިން އަރައި ހަމަކުރުން. ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ ގޮތަކަށް މުޅި ސަރުކާރު ގުޅައިލުން. ޑިޖިޓަލް އައި.ޑީ. ގެ ހިދުމަތް ދޭން ފެށުން.
ރިއެކްޝަންސް