ހުޅުމާލޭގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނަށް

29 މެއި 2021 - 11:30

ހުޅުމާލެ ފޭސް 1 ޕްލޮޓް ނަމްބަރު S1/4 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއި އެޗް.ޑީ.ސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. ވާރޗުއަލްކޮށް ބޭއްވުނު މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސް.ޖޭ ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ. އަދި މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެކެވެ. ޖުމްލަ 26,969.06 އަކަފޫޓޫ ހުންނަ މި ބިމުގައި 103 ޔުނިޓް އިމާރާތް ކުރެވިގެންދާނެއެވެ. މީގެތެރެއިން 61 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެއްމެ ބޮޑު  އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1987.23 ޖީ.އެސް.ޓީ ނުލައިދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. އަދި ބާކީ 42 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ޤާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫޢޫތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމުގައި އެޗް،ޑީ.ސީންވަނީ ފާހަގަކުރައްވާފައެވެ.

advertisement

މި މަޝްރޫޢު ޑީޓެއިލް ޑްރޮވިންގ އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް އެކި ފަންތީގެ ގިނަ ބޯހިޔާވަހަކަމުގެ މަޝްރޫޢުތަކެއް ހުޅުމާލޭގައި އެޗް.ޑީ.ސީގެ ފަރާތުން ދަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ބޭނުންވާނެ ޙިދުމަތްތައް އެއްމެ ޒަމާނީ ފެންވަރުގައި ޤާއިމުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުންވަނީ ފާހަކޮށްލައްވާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0