މ. ބޮޑުގޭ ޕާކިންގ ޒޯނުގައި ކުރަހަދޭނެ އާޓިސްޓުން ހޯދަނީ

31 މެއި 2021 - 14:37

މ. ބޮޑުގޭގައި ހެދި ޕާކިން ޒޯނުގައި ރީތި މަންޒަރުތަކާއި އިސްލާމީ ޝިއާރުތައް ހިމެނޭގޮތަށް، އެ ތަނުގެ ފާރުގައި ކުރެހުން ކުރަހައިދޭނެ އާޓިސްޓުން ހޯދަން އިއުލާނުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ކުރެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

advertisement

ބީލަމުގައި ރެޖިސްޓްރީވުމަށް އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހަތެއް ޖޫންގެ ކުރިން bids@malecity.gov.mv  އަށް އީމެއިލްކުރަންޖެހެއެވެ. ބިޑު ހުޅުވާ ތާރީހަކަށް ކަނޑައަޅާފައިވަނީ 17 ޖޫން ވަނަ ދުވަހެވެ.

ސިޓީ ކައުންސިލުން ބުނީބިޑު ރެޖިސްޓްރޭޝަން އީމެއިލް ކުރުމުން ބީލަމުގައި ރެޖިސްޓްރީ ކުރިކަމަށް ސްލިޕެއް ފޮނުވޭނެ ކަމަށާއި ރެޖިސްޓާވި ކަމަށް ބަލަންވާނީ އެ ސްލިޕު ލިބުމުން ކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0