މާލޭ ސިޓީގެ ލޭންޑް ޔޫސް ޕްލޭންއަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލައިފި
17 ޖޫން 2021 - 13:50
މާލޭ ސިޓީގެ ލޭންޑް ޔޫސް ޕްލޭން އަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން އަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކައުންސިލުގެ ވެބްސައިޓްގައިވާ “ލޭންޑް ޔޫސް ޕްލޭންއަށް ޚިޔާލު ހުށަހެޅުމަށް” ޕޯޓަލް މެދުވެރިކޮށް ހިޔާލު ހުށައެޅޭނެކަމަށެވެ.
އަދި މީގެ އިތުރުންވެސް ކައުންސިލްގެ މެއިލް އެޑްރެސް secretariat@malecity.gov.mv އަށް ނުވަތަ ސިޓީގެ ޖަރިއްޔާއިންވެސް ޚިޔާލު ހުށަހެޅޭނެ ކަމަށް ވަނީ ބުނެފައެވެ. މި ފުރުސަތު 4 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މިގޮތަށް ޚިޔާލު ހުށަހެޅުނު ކަމުގައިވިޔަސް، ކައުންސިލުން ޚިޔާލު ހޯދުމަށް ކުރިޔަށްގެންދާ ބައްދަލުވުންތައް އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިޔަށް ގެންދާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.