އިސްލާމިކް ޔުނިވަރސިޓީ އޮފް ބަންގަލަދޭޝްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

22 ޖޫން 2021 - 14:31

އިސްލާމިކް ޔުނިވަރސިޓީ އޮފް ބަންގަލަދޭޝްގެ 2020/2021 ވަނަ އަހަރުގެ އަންޑަރގްރެޖުއޭޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވީ، އިސްލާމިކް ޔުނިވަރސިޓީ އޮފް ބަންގަލަދޭޝްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލާފައިވާކަމަށެވެ.

މި ސްކީމްގެ ދަށުން 34 ދާއިރާއަކުން އަންޑަރގްރެޖުއޭޓް، ފެންވަރުގައި ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

advertisement

އެޕްލިކޭޝަން ހުށަ ހެޅުއްވުމުގެ ސުންގަޑިއަކީ 30 ޖޫން އެވެ. މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ އެދިފައެވެ.

މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު (https://www.iu.ac.bd/index.php/pages/view_1/NjU=/MzA5) މި ލިންކުން ލިބެން ހުންނާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0