ކަރަންޓީންވުމަށް ހެލްތް މިނިސްޓްރީން ހޮޓެލް އަދި ގެސްޓްހައުސް ހޯދަނީ
4 ޖުލައި 2021 - 14:55
ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ވަނީ މިހާރު ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. އެ މިނިސްޓްރީން ވިދާޅުވީ، މިމަހުގެ 5 ވާ ހޯމަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 14:00 އާއި ދޭތެރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (ދަރުބާރުގެ) އަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅޭނެކަމަށެވެ.
މިކަމާއިގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ heocadmin@health.gov.mv އަށް މެއިލްކުރުމަށްވެސް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ.
ރިއެކްޝަންސް