ކޯވިޑް-19 ޖެހޭ ކުޑަކުދިންގެ ތެރެއިން 70 އިންސައްތަ އާއި 60 އިންސައްތަ ކުދިންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނޭ
3 އޯގަސްޓް 2021 - 10:03
ޔުނިސެފްގެ ދެކުނު އޭޝިއާ ސަރަހައްދުން ކޯވިޑް19 އާއި ގުޅިގެން ކުޑަކުދިންނަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅޭގޮތުން މާހިރުން ދެއްވާފައިވާ ޖަވާބުތައް ހާމަކޮށް ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދެކުނު އޭޝިއާގައި ކޯވިޑް19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މި ވައިރަސް ޖެހޭ ކުޑަކުދިންގެ އަދަދުވެސްވަނީ ފައްސިވާ ބޮޑެތިމީހުންގެ އަދަދާ އަޅާބަލާއިރު އިތުރުވެފައިކަމަށެވެ. ނަމަވެސް ކުރީގެ ރާޅުތަކަށްވުރެ އިތުރު އަދަދަށް ކުޑަކުދިންނަށް މިވައިރަސް ޖެހޭކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ފެންނާކަށް ނެތްކަމަށް ވަނީ ބުނެފައެވެ.
މާހިރުންގެ ވިދާޅުވާ ގޮތުގައި ކުޑަކުދިންނަށް ކޯވިޑް-19 ގެ ސަބަބުން ބޮޑުވަރުވުމުގެ ނުރައްކާ ނަސީބަކުން އަދިވެސް ވަރަށް ކުޑައެވެ. ގިނަކުދިން އެއްވެސް މާތެއް ނުފެނި ބަލިން ރަގަޅުވެއެވެ. ނަމަވެސް އެއްވެސް އަލާމާތެއް ނެތްނަމަވެސް ބަލިޖެހޭ ކުދިންގެ ފަރާތުން އެހެންކުދިންނަށާއި ބޮޑެތި މީހުންނަށް މިބަލިޖެހިގެންދެއެވެ.
ކޯވިޑް-19 ގެ އަސަރު އެކި މީހުންނަށް ކުރަނީ އެކިގޮތަށެވެ. މީގެ އަސަރު ކުޑަކުދިންނަށް ކުރާގޮތްތައް އަދިވެސް ދަނީ ދެނެގަންނަމުންނެވެ. މިހާތަނަށް އެނގިފައިވާ ކަމަކީ ކޮންމެ އުމުރެއްގެ މީހަކަށްވެސް މިވައިރަސް ޖެހިދާނެކަމާއި އަދި އެމީހެއްގެ ފަރާތުން އެހެން މީހަން ވައިރަސް ޖެހިގެންދާކަންކަމަށް ވަނީ ރިޕޯޓުގައި ބުނެފައެވެ.
ކޯވިޑް-19 ޖެހޭ ކުޑަކުދިންގެ
ތެރެއިން %70 – %60 ކުދިންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަލާމާތް ފެންނަ
ކުދިންގެ ތެރެއިން ބަލީގެ ސަބަބުން ބޮޑުވަރުވެގެންދަނީ %2-%1 ކުދިންގެއެވެ.
ބަލިހާލަތު ބޮޑުވެފައިވާ ބައެއް
ކުދިންނަށް ޚާއްސަ ފަރުވާދޭ ޔުނިޓްގައި ފަރުވާ ދޭންޖެހި އަދި ބައެއް ކުދިން ދުނިޔެ ދޫކޮށްފައިވެސްވެއެވެ.
މިއީ މަދު ހާލަތެއްގައި ދިމާވާކަމެއް ނަމަވެސް މިކަން ދިމާވެއެވެ. އަދި
އެނގޭކަމަކީ ކުޑަކުދިންގެ ތެރެއިން ބޮޑެތި
ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުދިންނަށް ކޯވިޑް-19 ގެ ސަބަބުން ހާލަތު
ގޯސްވެގެންދިއުމުގެ ނުރައްކާ ބޮޑުކަމަށް ވަނީ ޔުނިސެފްގެ ރިޕޯޓުގައި ބުނެފައެވެ.
ބައެއް ރިޕޯޓްތަކުން ދައްކާ
ގޮތުގައި ދެކުނު އޭޝިޔާ އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް ކުޑަކުދިންގެ
މެދުގައި ކޯވިޑް-19 އަދި
މަލްޓިސިސްޓަމް އިންފްލަމޭޓަރީ ސިންޑްރޯމް (އެމް.އައި.އެސްސީ) އާއި ދެމެދު
ގުޅުމެއްވާކަމެވެ. MIS-C އަކީ ހަށިގަޑުގެ އެކި ގުނަވަންތައް އިންފްލޭމް
ނުވަތަ ދުޅުވުމަށް ދިމާވާ ހާލަތެކެވެ. އެގޮތުން ގުނަވަންތަކުގެ ތެރޭގައި ހިތް،
ފުއްޕާމޭ، ކިޑްނީ، ސިކުނޑި، ސްކިން، ލޯ
އަދި ގޭސްޓްރޯއިންޓެސްޓިނަލް ގުނަވަންތައްވެސް ހިމެނެއެވެ. މީގެ ސަބަބުން މަލްޓި
އޯގަން ފެއިލިޔަރ، ޝޮކް އަދި ބައެއް
ހާލަތްތަކުގައި މަރުވުންވެސް ދިމާވެއެވެ.
ދަރިފުޅުގެ ކިބައިން ކޯވިޑް-19 އާންމު އަލާމާތެއް ފެނިއްޖެނަމަ ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި ސިއްހީ ފަރުވާ ހޯދަންވާނެކަމަށް ވަނީ ބުނެފައެވެ. ޢާންމު އަލާމާތްތައް ހުރި ކުއްޖެއްނަމަ ހެލްތް ވޯކަރެއްގެ ލަފާގެ މަތިން ގޭގައި ފަރުވާދެވިދާނެއެވެ. ދަރިފުޅު ނުވަތަ ތުއްތު ދަރިފުޅުގެ ކިބައިން ކޯވިޑް-19 ގެ އެއްވެސް ސީރިއަސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދަންވާނެއެވެ.
ކޯވިޑް19 އިންޕެކްޝަނަށްވުރެ ގާތުންދީގެން ތުއްތު
ކުއްޖާއަށް ލިބޭ ފައިދާ ބޮޑުވާތީ، މައިމީހާގެ ފަރާތުން ކޯވިޑްގެ އަލާމާތެއް
ފެނުނަސް ދަތިފުޅަށް ގާތުން ދެވޭނެއެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި ކޯވިޑް19 ގެ
ކޭސްތައް އިތުރުވަމުން އަންނާތީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަން
ދެމެހެއްޓުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަންވެސް ގިނަގުނައެވެ.
އޭގެތެރޭގައި:
- އެކުދިންގެ އިހްސާސްތައް އެކުދިން ލައްވައި ދެނެގަތުމަށް
އައު އުކުޅުތައް ހޯދައި ތަޖުރިބާކުރުން.
ކުދިން ދައްކާ ވާހަކަ އަޑުއަހައި ސަމާލުކަންދިނުން. - އެކީގައި ކުރެވޭނެ އެކިކަހަލަ ކްރިއޭޓިވް ހަރަކާތްތައް ހޯދައި، އޭގެ ޒަރީއާއިން ބައެއް، މިސާލަކަށް ދެރަވުމާއި، ބިރުގަތުމާއި، ރުޅި ފަދަ އިހްސާސްތައް ބަޔާންކޮށްދިނުމަށް އެހީތެރިވެދިނުން.
- އާންމު ހާލަތެއްގައި ކުރާ ކަންތައްތައް ކުރުމުގައި ދެމިތިބުން، ހުސްވަގުތާއި ކުޅެން ވަގުތު ބޭނުންވާ ފަދައިން ކުދިންނަށް ގަޑިން ގަޑިއަށް ކަންކަން ކުރުމާއި ވަކި ހަމައަކަށް ކަންކަން ކުރުމަކީ ވެސް ކުދިންނަށް މުހިންމުކަމެކެވެ. ގޭތެރޭގައި އަނިޔާވެރި ކަމާއި އެޒާތުގެ އަމަލުތައް ފެންނަނަމަ ނުވަތަ އެޒާތުގެ އަމަލުތައް ތަހައްމަލުކުރަން ޖެހޭނަމަ ކުއްޖާއަށް ނަފްސާނީ ގެއްލުން ލިބި ކުއްޖާގެ އަޚްލާޤަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.
- ކުދިންނަށް ވިސްނައިދޭންވީ ކަމަކީ ކޮވިޑް9 ޖެހުމަކީ އެކަމުން ކުއްޖާއަށް ނޭދެވޭ ބަސްތަކެއް ނުވަތަ އަމަލުތަކެއް ކުރަންވީ ސަބަބެއް ނޫންކަމުގައެވެ. އަދި އެއީ އެ ކުއްޖާ ނުވަތަ އެއްވެސް މީހެއްގެ ކުށެއް އޭގައިވާ ކަމެއް ނޫން ގޮތަށް ވިސްނައިދިނުމެވެ.
- ކޯވިޑްއާއި ބެހޭ ގޮތުން ދައްކާ ހަބަރުތަކާއި (އޮންލައިން
އަދި އެހެނިހެން) ލިޔެފައި ހުންނަ ލިޔުންތަކާއި އަދި އަންނަ ޓީވީ ރޭޑިއޯ
ޕްރޮގްރާމްތަކުގެ އިތުރަށް
ކޯވިޑާއި ބެހޭ ގޮތުން ދައްކާ ވާހަކަތައް މަދުކޮށްލާ ކުއްޖާގެ ސަމާލުކަން އެހެން
ކަންކަމަށް
އަނބުރާލުން. - އާއިލާގެ މެންބަރެއް ބަލިވެއްޖެ ނަމަ ނުވަތަ ނިޔާވެއްޖެނަމަ ކައުންސެލަރެއްގެ ތަޖްރިބާކާރެއްގެ އެހީއާއި ލަފާހޯދައި އެ ނުތަވަސްކަމާއި އިހުސާސްތަކާއި ކުރިމަތިލާން ކުއްޖާއަށް އެހީތެރިވެދިނުން ފަދަ ކަންކަމަކީ ބެލެނިވެރިންނަށްވެސް ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.