މުޖުތަމައު ބިނާކުރުމުގައި މާމަޔާ ކާފައިންގެ ރޯލު ބޮޑު

2 ސެޕްޓެމްބަރ 2021 - 16:20

އިއްޔެއަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ މާމަ ކާފައިގެން ދުވަހެވެ. މާމާ ކާފައިންނަކީ އާއިލާގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެމީހުންގެ ހިޔާލާއި މަޝްވަރާއަކީ އާއިލާއަށް މުހިންމު އެއްޗެކެވެ. އާއިލާ އެކަންޏެއް ނޫނެވެ. މުޅި މުޖްތަމައުއަށްވެސް ކަންކަން ނިންމުމުގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުމާއި ހިޔާލު މުހިންމެވެ.

ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީގައި ގިނައީ ފިރެހެނުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އުމުރުން ދުވަސްވީ ފިރެހެނުންގެ ގޮތުގައި 10،084 މީހުން އެބަތިއްބެވެ. އަދި އުމުރުން ދުވަސްވީ އަންހެނުންގެ އާބާދީއަކީ 9،447 އެވެ.

advertisement

ވަކިވަކި އުމުރުފުރާއަށް ބަލާއިރު އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑީ އުމުރުން 65 އަހަރާއި 69 އަހަރާއި ދެމެދުއެވެ. މި އުމުރުގެ 7142 މީހުން އެބަތިއްބެވެ. އެއީ 3399 އަންހެނުންނާއި، 3743 ފިރެހެނުންނެވެ. 70 އަހަރާއި 74 އަހަރުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކީ 4507 އެވެ. އެއީ 2235 އަންހެނުންނާއި، 2272 ފިރެހެނުންނެވެ. 75 އަހަރާއި 79 އަހަރުގެ އާބާދީގައި 3551 މީހުން ތިބިއިރު އެއީ 1829 އަންހެނުންނާއި 1722 ފިރެހެނުންނެވެ. 80 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކީ 4331 އެވެ. މީގެތެރޭގައި ހިމެނެނީ 1984 އަންހެނުންނާއި 2347 ފިރެހެނުންކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖެންޑަރ މިނިސްޓްރީން އުމުރުން ދުވަސްވީ މީހުންގެ އާބާދީގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަންހެނުންނަށެވެ. އެހީތެރިކަން ފޯރުކޮށްދިން އަންހެނުންގެ ނިސްބަތަކީ %52 އެވެ. އަދި ފިރެހެނުންގެ ނިސްބަތަކީ %48 އެވެ.

މުޖްތަމައުގެ ތެރެއިންނާއި އަދި އާއިލާގެ ތެރެއިންވެސް އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިއީ އެމީހުން ރަނގަޅު ސިއްހަތެއްގައި ހުރުމަށްވެސް އެހީތެރިވެދޭނެ ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0