ކޮންމެ ދުވަހަކު ވެސް 2.5 ޖޯޑުގެ މޭވާ އާއި ތަރުކާރީ ކެއުން މުހިއްމު

6 ސެޕްޓެމްބަރ 2021 - 18:13

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ފައިދާހުރި ކާނާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ވަކިން ޙާއްސަކޮށް ދިގު އުމުރެއްގައި ޒުވާން ކަމާއިއެކު ހުރުމަށްވެސް ސިއްހަތައް ފައިދާހުރި ކާނާ މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން ކެއުމުގައި ކުލަގަދަ މޭވާ އާއި ތަރުކާރީ ބޭނުންކުރެވިދާނެއެވެ. އޭގައި ހިމެނޭ ފައިޓޯނިޔުޓްރިއެންޓްސްގެ ސަބަބުން ސިއްހަތު ވެސް އުޖާލާކޮށް ކުލަގަދަކޮށްދެ އެވެ.

އެމެރިކާގެ ކެންސާ ސޮސައިޓީން ލަފާދެނީ ކޮންމެ ދުވަހަކު ވެސް 2.5 ޖޯޑުގެ މޭވާ އާއި ތަރުކާރީ ކެއުމަށެވެ. އެމެރިކާއިން އެންމެ ފަހުން ނެރުނު ޑަޔަޓެރީ ގައިޑްލައިންގައި ލަފާދެނީ އެއަށް ވުރެ ވެސް އިތުރަށް ކެއުމަށެވެ. އެގޮތުން ކޮންމެ ދުވަހަކު 2.5 ޖޯޑު ތަރުކާރީ އަދި 2 ޖޯޑު މޭވާ 2000 ކެލޮރީގެ ޑަޔަޓެއްގައި ހިމެނުމަށް ލަފާދީފައި ވެ އެވެ.

advertisement

ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ވީހާވެސް ގިނައިން މޭވާ އާއި ތަރުކާރީ ކެއުމުގައި ހިމަނާށެވެ. ކޮންމެ ކުލަޔަކުން ވެސް ފޯރުކޮށްދެނީ މުޅިން ތަފާތު ސިއްހީ ފައިދާއެކެވެ. ހުރިހާ ކުލައަކުން ލިބޭ ފައިދާވެސް ހަށިގަނޑަށް ހަމަހަމަކޮށް ބޭނުންވެ އެވެ. ތަފާތި ކުލައިގެ މޭވާއިން ހަށިގަނޑަށް ލިބެނީ ކޮން ފައިދާއެއް.

ރަތް ކުލައަކީ ކެރޮޓެނޮއިޑް ލައިކޮޕީން މުއްސަނދި ތަކެއްޗެވެ. މިގެން ޕްރޮސްޓޭޓް ކެންސަރާއި ލަންގް ޑިޒީޒްއާ ދެކޮޅަށް ރައްކާތެރިކަން ހޯދޭނެ އެވެ.

އޮރެންޖު އަދި ރީނދޫ ކުލައިން ބީޓާ ކްރިޕްޓޮތޭންކްސިން މިއީ ސެލްތަކުގެ ގުޅުން ބަދަހިކޮށް، ހިތުގެ ބައްޔާ ދުރުކޮށްދެއެވެ.

ފެހި ކުލައިން ކެންސަރް ބްލޮކް ކުރާ ކެމިކަލް ސަލްފޮރެފޭން، އައިސަޔަނޭޓް އަދި އިންޑޯލްސް ގިނައިން ހިމެނެ އެވެ.

ނޫ އަދި ދަނބު ކުލައިން އެންތޮސަޔަނިންސްގެ ނަން ދީފައިވާ ބާރުގަދަ އެންޓިއޮކްސިޑެންޓު މީގައި ހިމެނެ އެވެ. މުސްކުޅިވުން ލަސްކޮށްދީ ލޭ ގަނޑުވުން ދުރުކޮށް ހިތުގެ ސިއްހަތަށް މީގެ ފައިދާ ކުރެ އެވެ.

ހުދު އަދި މުށި ކުލައަކީ ޓިއުމަރާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާ އެކެވެ. ދެން މި ގްރޫޕުގައި ހިމެނޭ ތަކެތީގައި ފެލެވޮނޮއިޑް، ކުއޭސެތިން، ކޭމްޕްފެރޯލް ފަދަ އެންޓިއޮކްސިޑެންޓު އެކުލެވެ އެވެ.

އެހެންކަމުން ކެއުމުގައި މިހުރިހައި ކުލަތަކެއްވެސް ހަމަހަމަކޮށް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އެއީ ކޮންމެ ކުލައަކުންވެސް ހަށިގަނޑަށް ލިބޭ ފައިދާ ތަފާތުވެފައި މުހިންމު ވުމުންނެވެ.

ރިއެކްޝަންސް
0
2
0
0
0
0
0