ކޮވިޑް ފެތުރުމާއެކު 68 އިންސައްތަ އަންހެނުން ނަފްސާނީ ގެއްލުންތަކާއި ކުރިމަތިލާންޖެހުނީ ކީއްވެ؟

30 ސެޕްޓެމްބަރ 2021 - 14:06

މިފަހުން މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާއަކީ ކޯވިޑް19 އެވެ. މުޅި ދުނިޔޭގައި ކޯވިޑް ފެތުރެން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އަދިވެސް ދުނިޔޭގައި ދަނީ ކޯވިޑް19 ހަލުވިކަމާއިއެކު ފެތުރެމުންނެވެ.

ކޯވިޑް19 ފެތުރެން ފެށުމާއިއެކު ގިނަ ބައެއްވެ ވަޒީފާތައް ގެއްލި އާމްދަނީއަށް އަސަރުކޮށް އާންމު ދިރިއުޅުމުގެ ގިނަ ކަންކަމެއް ކުރިން ހުރިގޮތާއި ހިލާފަށް ބަދަލުވެގެންދިޔައެވެ. ގިނަ ގައުމުތައް ލޮކްޑައުން ކުރުމާއި އާންމު ދިރިއުޅުމުގެ ކަންކަން ކުއްލިއަކަށް ބަދަލުވެގެން ދިއުމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް ގިނަ ބަޔަކަށް އަސަރުތަކެއް ކުރިއެވެ.

advertisement

ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް19 ގެ ސަބަބުން ފިރެހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ކޯވިޑްގެ ސަބަބުން ނަފްސާނީ ގެއްލުންތަކާއި ކުރިމަތިލާންޖެހުނެވެ. އެގޮތުން %68 އަންހެނުންނަށް ކޯވިޑްގެ ސަބަބުން ނަފްސާނީ ގެއްލުންތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ފިރެހެނުންގެ ތެރެއިން ނަފްސާނީ ގެއްލުންތަކާއި ކުރިމަތިލާންޖެހުނީ އެންމެ %32 މީހުންނަށެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ކޯވިޑާއިއެކު ފިރެހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ނަފްސާނީ ގެއްލުންތަކާއި ކުރިމަތިލާންޖެހުނީ ފިރެހެނުންނަށްވުރެ ގިނައިން ލޮކްޑައުންގެ ތެރޭގައި ގޭތެރޭގައި ތިބެންޖެހުނީ އަންހެނުންނަށްކަމަށް ވުމުގެ ސަބަބުންނެވެ. އަދި ކޯވިޑްގެ ތެރޭގައި މީހުންގެ އާމްދަނީއަށް އަސަރުކުރުމުގެ ތެރޭގައި ގޭތެރޭގައި ތިބެ ހަރަދުތައް ހަމަޖައްސަން ޖެހެނީ އަންހެނުންނަށް ކަމަށް ވުމުގެ ސަބަބުންކަމަށް ދައްކައެވެ. މިހުރިހައި ކަމެއްގެ ސަބަބުން ފިރެހެނުންނަށްވުރެ އަންހެނުންގެ ހާސްވުން އިތުރުވެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރީކަމަށް ދިރާސާއިން ދައްކައެވެ.

ރިއެކްޝަންސް
0
0
0
1
0
0
0