ބައެއް ވިސްނުންތޫނު ކުދިން ސުކޫލުގައި އެހާ މޮޅުނުވަނީ ކީއްވެ؟
16 ނޮވެމްބަރ 2021 - 13:01
ސްކޫލްދައުރުގައި އެކި ކުދިންގެ ކިޔެވުމުގެ ފެންވަރާއި ނަތީޖާ ހުންނަނީ އެކިވަރުގައެވެ. ބައެއް ކުދިންނަކީ “ގިފްޑެޓް” ކުދިންނެވެ. ނޭޝަނަލް އެސޯސިއޭޝަން އޮފް ގިފްޑެޓް ޗިލްޑްރެންއިން ބުނެފައިވަނީ ގިފްޑެޓް ޗިލްޑްރަންއަކީ އުމުރާއި އެއްވަރުގެ އެހެން ކުދިންނާއި އަޅާބަލާއިރު އެކުދިންގެ ނޯމަލްއަށްވުރެ ހުނަރުތައް މަތިވެފައިވާ ކުދިންކަމަށެވެ. ގިފްޑެޓް ކުދިންގެ ތެރޭގައި މިއުޒިކް ކުޅެން މޮޅެތި ކުދިން އުޅެދާނެއެވެ. އަދި ހިސާބަށް ނުވަތަ ބަހަށް މޮޅެތި ކުދިން ނުވަތަ އެނޫންވެސް އެހެންކަމަކަމަށް މޮޅު ކުދިން އުޅެދާނެއެވެ.
ނަމަވެސް ބައެއް ފަހަރު މިފަދަ ވަކި ކަމަކަށް މޮޅު ކުދިން ކިޔެވުމަށް ބައެއް ފަހަރު އެހާ މޮޅުނޫން ފަހަރުވެސް އާދެއެވެ. މީގެ ސަބަބުތައްވެސް ގިނައެވެ. މިސާލަކަށް ބުނާނަމަ އެ ކުއްޖެއްގެ އެ ހުނަރަކަށް މާބޮޑަށް ޕޯކަސް ކުރެވުން ހިމެނެއެވެ. އަދި ކިޔަވަން ގިނަފަހަރު ފެށެނީ އިމްތިހާނު ކައިރިވުމުން ކަމަށްވުމަކީވެސް މިފަދަ ކުދިންނަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭ އެއް ސަބަބެވެ.
ނަމަވެސް މިފަދަ ކުދިންނަކީވެސް މަސައްކަތާއިއެކު ކިޔެވުމުގައި ރަނގަޅު ނަތީޖާތަކެއް ހޯދޭނެ ކުދިންނެވެ. ނަމަވެސް މިއީވެސް މަސައްކަތާއިއެކު ކުރެވިދާނެކަމެކެވެ.
އެންމެ ފުރަތަމަ ފަށައިގަންނަންވީ ކިހާ ހިސާބަކުންކަން ދެނެގަންނާށެވެ. ރަނގަޅު މާކްސް ހޯދާ ކުދިންނަކީވެސް ގިނަފަހަރު ވަރަށް ގިނަ ކަންކަމާއި ކުރިމަތިލައި ވަރަށް ގިނަ އުނދަގޫތަކާއިއެކު އެކަންކަން ހާސިލްކުރާ ބައެކެވެ. ރަނގަޅު މާކްސްއެއް ލިބުން ނުވަތަ އެސައިންމަންޓްތައް ގަޑިއަށް ނިންމުމަކީ ފަސޭހަކަމެއްނޫނެވެ. އެއީ ވަރަށް ކުރިއާލާ ޕްލާންތަކާއިއެކު ކުރެވޭނެ ކަންކަމެވެ. އެހެން ކަމުން އެންމެ ފުރަތަމަ ދެނެގަންނަންވީ ފަށައިގަންނަންވީ ހިސާބެވެ.
އަދި މިފަދަ ކުދިންނާއިއެކު އެކުދިންގެ ސްކޫލްގެ މަސައްކަތްތަކުގައި ބެލެނިވެރިން ޝާމިލްވުމަކީވެސް އޭގެ ސަބަބުން ކުދިންގެ މާކްސް ރަނގަޅުވެގެންދާނެކަމެކެވެ. މިސާލަކަށް ކުއްޖާގެ ސްކޫލް ޕްރޮޖެކްޓެގައި ބެލެނިވެރިޔާއަށް އެހީތެރި ވެވޭނެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.