ކައިވެނި ދެމެހެއްޓުމަށް “ޓީމްވޯކް” ބޭނުންވަނީ ކީއްވެ؟
20 ނޮވެމްބަރ 2021 - 14:22
ކައިވެންޏެއް ކުރުމަށްފަހު ހުރިހައިމަކެއްވެސް 2 މީހުން ގުޅުގެން ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. މިސާލަކަށް ބިލްތައް ދެއްކުމާއި، ދިރިއުޅުމުގެ ކަންކަން 2 މީހުންގެ ހިއްސާ އޮންނަ ގޮތައް ކުރުމަކީ 2 މީހުންގެ ޒިންމާއަކަށް ހަދަންޖެހެއެވެ. ކައިވެންޏަށްފަހު ދިމާވާ ހުރިހައި ކަމެއްވެސް 2 މީހުން ގުޅިގެން އެއްޓީމެއްގެ ގޮތުގައި ކުރެވިދާނެއެވެ. މި ކިޔާދެނީ ކައިވެންޏަށްފަހު 2 މީހުން ގުޅިގެން ކަންކަން ކުރެވިދާނެ 5 ގޮތެވެ.
ކައިވެނި ކުރުމުގެ ކުރިން ޕްލޭންކުރުން
ކައިވެނި ކުރުމަށްފަހު ވަކި ދިރިއުޅުމެއް ފެށުމުން ދައްކަންޖެހޭ ބިލްތައް ގިނަވެއެވެ. އަދި ގޭތެރޭގެ ގިނަ މަސައްކަތްތަކެއްވެސް ހުރެއެވެ. އެހެންކަމުން 2 މީހުންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް މިކަންކަން ކުރުމަށް ޕްލޭންއެއް ހެދިދާނެއެވެ.
އެކަކު އަނެކަކު ކުއްވެރި ކުރުން ހުއްޓާލުން
ކައިވެންޏަށްފަހު ކޮންމެ ކަމެއްގައިވެސް 2 މީހުންގެ ޒިންމާ އޮވެއެވެ. އެއީ ކައިވެނި ކާމިޔާބު ވުމަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ބައިވެރިޔާ ކަމެއް ކުރަން ހަނދާން ނެތުމުން ނުވަތަ ކައިވެނީގައިވެސް ދިމާވާ އެހެންކަމެއްގައިވެސް އެކަކު އަނެކަކު ކުއްވެރި ކުރުން ހުއްޓާލަން ޖެހެއެވެ.
ވާހަކަދެއްކުން
ކައިވެނިކުރާ 2 މީހުންނަކީވެސް ތަފާތު 2 މީހުންނެވެ. އެހެންކަމުން ހިތްހަމަނުޖެހޭ ކަމެއް ހުރިނަމަ ރީތިކޮށް 2 މީހުން ވާހަކަ ދައްކައިގެން އެކަމެއް ހައްލު ކުރުމަށް ވާހަކަދައްކާށެވެ. ޒުވާބުކުރުމަކީ ކަންކަން ހައްލުވާނެ ކަމެއްނޫނެވެ.
100 އިންސައްތަ ހިއްސާ ދިނުން
ކައިވެންޏަކީ 2 މީހުންގެ %50 ހިއްސާ އޮންނަ ކެމެކޭ ބުނާތީ އަޑުއިވެއެވެ. ނަމަވެސް ބައެއް ފަހަރު މިއަށްވުރެ ގިނައިންވެސް ހިއްސާދޭންޖެހެއެވެ. މިސާލަކަށް ތިމާގެ ބައިވެރިޔާއަށް 40% ހިއްސާ ދެވޭނަމަ ތިމާ 60% ދޭންޖެހެއެވެ. ސަބަބަކީ ކައިވެންޏަކީ 100% ހިއްސާ ދޭންޖެހޭކަމަކަށްވުމެވެ. ބުނަން މިއުޅެނީ ކައިވެންޏަށް 2 މީހުންގެ ހިއްސާ ދީގެން ކާމިޔާބު ކުރުމުގެ ވާހަކައެވެ.
އެކަކު އަނެކަމަށް ސަޕޯޓް ދިނުން
ކައިވެންޏަށްފަހު ބައިވެރިޔާގެ ކޮންމެ ކަމަކަށް ސަޕޯޓް ދޭމީހަކަށް ތިބާ ވާންޖެހޭނެއެވެ. ކައިވެންޏަށްފަހު އެކަކު އަނެކެއްގެ ސަޕޯޓް ސިސްޓަމްއަށް ވާންޖެހޭނެއެވެ. އެކަކަށް ލިބޭ ކާމިޔާބީއެއްގައި އަނެކަކި އުފާވާންޖެހޭނެއެވެ.