ސިންގަލް-ޔޫސް ޕްލާސްޓިކް އުފައްދާ އަދި އެތެރެ ކުރާ ފަރާތްތަކުގެ ހިޔާލު ހޯދަނީ

22 ނޮވެމްބަރ 2021 - 14:51

“ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫޒް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓް” ގެ ޓައިމްލައިނަށް ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ އަދި އުފައްދާ ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ފަށައިފިއެވެ.

މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ގައި އެކުލަވާލާފައިވާ މަސައްކަތްތައް 2023 ގެ ނިޔަލަށް ތަންފީޒުކުރުމުގެ މަސައްކަތުގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ. މި ލިސްޓަށް ހުށަހަޅުއްވާ ޚިޔާލާއި ކޮމެންޓް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހިމަނާފައިވާ ފޯލެޓް ބޭނުންކުރައްވާ 28
2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެނިސްޓްރީގެ އީމެއިލް www.environment.gov.mv އެޑްރެހަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

advertisement

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 07 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2020/8 ގެ ދަށުން ވަނީ ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާ ގެޒެޓް ކުރައްވާފައެވެ. މި ޤަރާރުގެ ދަށުން 08 ބާވަތެއް 01 ޖޫން 2021 ގައި ވަނީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކޮށްފައެވެ.

މީގެ އިތުރުން، ސިންގަލްޔޫސްޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ގަނެވިއްކުން މަނާކުރުމަށް ޤާނޫނު އަށް އިސްލާޙު ގެނެވި، މި އިސްލާޙް މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ގެޒެޓް ކުރައްވާފައެވެ. އެގޮތުން، މި ޤާނޫނުގެ 08 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު 01 ޖަނަވަރީ 2022 ގެ ކުރިން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރަން ޖެހެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0