މެގްނީޝިއަމްއިން ހަށިގަނޑަށް އެތަށް ފައިދާއެއް!
11 ޑިސެމްބަރ 2021 - 15:29
މެގްނީޝިއަމްއަކީ އިންސާނާގެ ހަށިގަނޑަށް އަދި ސިކުނޑިއަށް އެތައްގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުގައި ހިމެނޭ މެގްނީޝިއަމްގެ ތެރެއިން 60% ހުންނަނީ ކަށިތަކުގައެވެ. ބާކީހުރި މެގްނީޝިއަމްތައް ހުންނަނީ ހަށިގަނޑުގެ މަސްގަނޑާއި، ސޮފްޓް ޓިޝޫތަކާއި ލޭގައެވެ.
ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި މެގްނީޝިއަމް އެކުލެވިގެންވެއެވެ. އަދި މި ސެލްތައް މަސައްކަތްކުރުމަށް ކޮންމެހެން މެގްނީޝިއަމް ބޭނުންވެއެވެ. މެގްނީޝިއަމްގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި:
ހަށިގަނޑަށް ހަކަތަ ލިއްބައިދިނުން
އަރާމުކުރާއިރަށްވުރެ އިތުރަށް ކަސްރަތުކުރާއިރު ހަށިގަނޑަށް %10 އާއި %20 އަށް މެގްނީޝިއަމް ބޭނުންވެއެވެ. ދިރާސާތަކުން ދައްކާގޮތުން ކުޅިވަރުގެ އެކި ހަރަކާތްތަކުގައި އުޅޭއިރު މެގްނީޝިއަމް ބޭނުންކުރާނަމަ އިތުރަށް ބުންވަރުޖެހި ކާމިޔާބުވުން ގާތެވެ. އެގޮތުން ހެދި ދިރާސާއަކުން ދައްކާގޮތުގައި ވޮލީބޯލް ކުޅޭމީހަކު ދުވާލެއްގެ މައްޗަށް 250 މިލިގްރާމްގެ މެގްނީޝިއަމް ނަގައިގެން ފުންމުން އަދި އަތުރެ ހަރަކާތްތަކަށް ކުރިއެރުން ވަނީ ލިބިފައެވެ. އެހެން ދިރާސާއަކުން ދައްކާގޮތުގައި ދުވާމީހަކު މެގްނޭޝިއަމް ނަގައިގެން އޭނާގެ ދުވުމުގެ ދުވެލި އަވަސްވެފައިވާކަމަށް ވަނީ ދައްކާފައެވެ.
ޑިޕްރެޝަންއަށް އެހީއެއް
ސިކުނޑި މަސައްކަތްކުރާ ގޮތާއި މޫޑަށް އަންނަ ބަދަލުތަކަށް މެގްނޭޝިއަމް އެހީވެދެއެވެ. އެހެންކަމުން މެގްނީޝިއަމްގެ ސަބަބުން ޑިޕްރެޝަންއަށް ދިއުންކުޑަކޮށްދެއެވެ.
ޓައިޕް 2 ޑައިބެޓީސްއަށް ފަރުވާއެއް
ދިރާސާތަކުން ދައްކާގޮތުގައި ޓައިޕް 2 ޑައިބެޓިކްސް ހުންނަ މީހުންގެ ހަށިގަނޑުގައި މެގްނީޝިއަމް ހުންނަ މިންވަރު ދަށެވެ. އެހެންކަމުން އިންސިއުލިންގ ބޭނުންކުރަންޖެހެއެވެ. އަދި ހަށިގަނޑުގައި މެގްނީޝިއަމް ހުންނަ މިންވަރު ދަށްމީހުންނަށް ހަކުރު ބަލި ޖެހުން ގާތްކަމަށްވެސް ދިރާސާއިން ދައްކައެވެ.
ބްރަޑް ޕްރެޝަރ ދަށްކޮށްދޭ
ދިރާސާތަކުން ދައްކާގޮތުން މެގްނީޝިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.
މައިގްރޭންގެ މައްސަލަތަކަށް ހައްލު ކޮށްދޭ
ދިރާސާތަކުން ދައްކާގޮތުގައި މައިގްރޭންގެ މައްސަލަތައް އާންމު ގޮތެއްގައި ދިމާވަނީ ހަށިގަނޑުގައި މެގްނީޝިއަމްގެ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. އަދި މެގްނޭޝިއަމްގެ ސަބަބުން މައިގްރޭންގެ މައްސަލަތަކަށް ހައްލު ލިއްބައިދޭނެއެވެ.
މެގްނީޝިއަމް އެކުލެވިގެންވާ ބައެއް ކާނާ:
ޕަންޕްކިން ސީޑް
ކައްކާފައި ހުންނަ ސްޕިނެޗް
ޑާކް ޗޮކްލެޓް
ބްލެކް ބީންސް
އަލްމަންޑް
ކެޝޫނަޓް
އެވޮކާޑޯ
ސެލްމަން