“ކޮންޕެޝަނޭޓް” ލީޑަރަކަށް ވާނީ ކިހިނެއް؟

2 ޖެނުއަރީ 2022 - 15:03

ލީޑަރަކަށް ވުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެކެވެ. ނަމަވެސް ރަނގަޅު ކޮންޕެޝަނޭޓް ލީޑަރަކަށް ވުމަށް ބޭނުންވާ ވަކި ޝަރުތުތަކެއް ހުރެއެވެ. ވަޒީފާގެ މާހައުލުގައި ގިނަ މުވައްޒަފުން ވަޒީފާ ދޫކޮށްފައި ދަނީ އެމީހުންގެ ލީޑަރެއްގެ ގޮތުގައި ހުންނަ މީހެއްގެ ކިބައިގައި ހުންނަ ސިފަތަކުގެ ސަބަބުންނެވެ. އެހެންކަމުން މުވައްޒަފުން ހިފެހެއްޓުމަށް ކޮންމެ ކުންފުންޏަކަށްވެސް ރަނގަޅު ލީޑަރުން ބޭނުންވެއެވެ.

ރަނގަޅު ލީޑަރަކީ އެހެންމީހުންނަށް އޯގާތެރި އެހެންމީހުންގެ އިޙްސާސްތައް ބަލައިގަންނަ ލީޑަރެކެވެ. އަދި އަމުރުކުރުމުގެ ބަދަލުގައި ރަނގަޅު ލީޑަރުންނަކީ އެނާގެ ދަޑުގައި ތިބޭމީހުންނަށް މަގު ދައްކައިދޭ މީހާއެވެ.

advertisement

ރަނގަޅު ލީޑަރެއްގެ ކިބައިގައި ހުންނަ ޝަރުތުތައް:

  • ކަންކަމުގައި އަމިއްލައަށް ބައިވެރިވެ، މުވައްޒަފުން ކަންކަމުގައި ބައިވެރިކުރުވުން
  • މުވައްޒަފުންނަށް ފުރިހަމައަށް އިތުބާރުކުރުން
  • ސްޓްރޯންގް، ކޮންފިޑެންޓް މީހަކަށް ވުން
  • މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުން
  • މުވައްޒަފުން ކަންކަމުގައި ބައިވެރިކޮށް، ޓީމްވޯކް ވަރުގަދަކުރުން
  • މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް އުފާވެރި ތަނަކަށް ހެދުން

ޑރ. ގެއިލް ބްރައުނިންގ ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި ލީޑަރާއި މުވައްޒަފުންނާއިމެދު ވަރުގަދަ ގުޅުމެއްއޮވެ މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް އުފާވެރި ތަނަކަށްވާނަމަ މަސައްކަތްތައް 200 އިންސައްތަ އިތުރުވެ މަސައްކަތުގެ ފެންވަރު ރަނގަޅުވާނެކަމަށެވެ. ރަނގަޅު ލީޑަރަކީ މުވައްޒަފުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދޭނެ މީހެކެވެ. ނަމަވެސް ހިތާމައަކީ މިއަދު އަހަރެމެންގެ މުޖްތަމައުގައި ރަނގަޅު މުވައްޒަފުންނަށް އޯގާތެރި ލީޑަރުން މަދުކަމެވެ.

ރަނގަޅު ލީޑަރަކަށް ވުމަށް ކުރެވިދާނެ ކަންކަން:

  • އަޑުއަހައި ދަސްކުރުން
  • ތިމާއަކީ ލީޑަރަކަށް ވީނަމަވެސް ތިމާއަކީ ހުރިހައި ކަމެއް އެނގޭނެ މީހެއްނޫނެވެ. އެހެންކަމުން ތިމާގެ މުވައްޒަފުންގެ ތެރޭގައި ވިސްނުންތޫނު ތިމާއަށްވުރެ މޮޅަށް ކަންކަން ދަންނަ މީހުން އުޅޭނެއެވެ. އެހެންކަމުން ރަނގަޅު ލީޑަރަކު ތިމާގެ ދަށުގައި ތިބޭ މުވައްޒަފުންގެ ހިޔާލާއި މަޝްވަރާ ކަންކަމުގައި ހޯދާ އެވާހަކަތައް އަޑުއަހާނެއެވެ.
  • އެހެންމީހުން ދައްކާ ވާހަކަ އަޑުއެހުން
  • ބައްދަލުވުންތަކުގައި މުވައްޒަފުން ދައްކާ ވާހަކަތައް އަޑުއަހައި އެމީހުންނަށް ސަމާލުކަން ދޭންޖެހެއެވެ.
  • އަމިއްލަ އެދުން އިސްނުކުރުން

ތިބާއަކީ ލީޑަރަށް ވީނަމަވެސް އެހެންމީހުންނާއިމެދު ހިތުހުރިގޮތަކަށް އަމަލުކުރުމުގެ އިހްތިޔާރެއް ނުލިބެއެވެ. އެހެންކަމުން ރަނގަޅު ލީޑަރަކީ ޒާތީގޮތުން އެއްވެސް މުވައްޒަފަކަށް އަމަލުނުކުރާ ތިމާގެ އަމިއްލަ ބޭނުމަށް އަމަލުނުކުރާ މީހާއެވެ.

ރިއެކްޝަންސް
0
0
0
0
1
1
0