ފައިސާއިން އުފާވެރިކަން ގަނެވިދާނެކަމަށް ގިނަ މީހުން ޤަބޫލުކުރޭ

4 ޖެނުއަރީ 2022 - 15:40

އުފާވެރިކަމަކީ އެކި މީހުންނަށް އެކި ގޮތައް ލިބޭނެކަމެކެވެ. ކޮންމެ 2 މީހަކަށް އުފާވެރިކަން އެއްގޮތަކަށް ނުލިބިދާނެއެވެ. ނުވަތަ އުފާވާ ކަންތައްތައް އެއްގޮތް ނުވެދާނެއެވެ. ނަމަވެސް ކޮންމެ މީހަކީވެސް އުފާވެރިކަން ބޭނުންވާނެ މީހެކެވެ.

އަހަރެމެންގެ ތެރޭގައި ވަރަށް ގިނައިން ކުރެވޭ ބަހުސެއް އޮވެއެވެ. ފައިސާއިން އުފާވެރިކަން ގަނެވިދާނެތޯއެވެ؟ ބައެއް މީހުން މިކަމަށް އެއްބަސްވެސް ވެއެވެ. ނަމަވެސް އަނެއްބަޔަކު މިކަމަށް ދެކޮޅުވެސް ހަދައެވެ.

advertisement

އެމްވީ ޕްލަސް އޮޕީނިއަންއިން ވަނީ މިކަމާއިމެދު އާންމުންގެ ޙިޔާލު ހޯދުމަށް ދިރާސާއެއްކޮށްފައެވެ. މި ދިރާސާގައި ބައިވެރިވި ގިނަ މީހުން ބުނެފައިވަނީ ފައިސާއިން އުފާވެރިކަން ގަނެވޭނެކަމަށެވެ. ދިރާސާގައި ބައިވެރިވި %57.14 މީހުން ބުނެފައިވަނީ ފައިސާއިން އުފާވެރިކަން ލިބޭކަމަށެވެ. %14.29 މީހުން ބުނެފައިވަނީ ފައިސާއިން އުފާވެރިކަން ނުގަނެވޭނެކަމަށެވެ. އަދި ފަހަރުގައި ފައިސާއިން އުފާވެރިކަން ގަނެވިދާނެކަމަށް ބުނެފައިވަނީ %28.57 މީހުންނެވެ.

އެހެންކަމުން ދިރާސާގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ބުރަވަނީ ފައިސާއިން އުފާވެރިކަން ގަނެވޭނެކަމަށެވެ. ފަހަރުގައި ގިނަ ބަޔަކު މިގޮތައް ބުރަވެފައިވަނީ ފައިސާއާއި ނުލާ މިއަދު ދިރިނޫޅެވޭތީކަމަށްވުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް މިއަދު ގުޅިފައިވަނީ ފައިސާއާއެވެ. ލޯބި ލިބުން ނަމަވެސް އުފަލުގައި ދިރިއުޅުމަށް ފައިސާ ކޮންމެހެން ބޭނުންވެއެވެ. ފައިސާ ނެތްނަމަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައްވެސް މިއަދު ނުފުދެއެވެ.

ވަރަށް ކުޑަކޮށް ވިސްނާލާނަމަ ލާން ބޭނުންވާ އައު ހެދުމެއް ގަނެވުމަކީ ވަރަށް އުފާވެރިކަން ގެނުވާނެކަމެކެވެ. އެހެންކަމުން ފައިސާއިން އެ އުފާވެރިކަން ގަނެވުނީއެވެ. އެހެންނަމަވެސް އަތުގައި ފައިސާނެތްނަމަ އެ ހެދުން ނުގަނެވުމަކީ މީހާއަށް ހިތާމަ ލިބޭނެކަމެކެވެ. މީގެއިތުރުންވެސް ކާހިތްވާ އެއްޗެއް ގަނެލައިގެން ކާލުމަކީވެސް އުފާ ލިބޭކަމެކެވެ. އެ ގަނެވެނީވެސް ފައިސާއިން އުފާވެރިކަމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0