ދިރިއުޅުމުގެ ހުރިހައި ކަމަކީ އޮފީހެއްނޫން

4 ޖެނުއަރީ 2022 - 16:18

ވަޒީފާ އަދާކުރަނީ ދިރިއުޅޭށެވެ. މުޅި ދިރިއުޅުމަކީ ވަޒީފާއެއް ނޫނެވެ. ނަމަވެސް މިއަދު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް މިކަން ހަނދާން ނެތިފައިވާ ކަހަލައެވެ. ކޮންމެތާކު ކޮންމެ ވަގުތަކު ހުއްޓަސް، އޮފީހުން ގުޅާލި ކޮންމެ އިރަކު، މަސައްކަތެއް ހަވާލުކޮށްލި ކޮންމެ ހާލަތަކު އެކަމަކަށް ވުރެ އިސްވާ އެހެން އެއްވެސް ކަމެއް ނޯންނަ ނަމަ އެކަން ބަދަލުކޮށް، ދިރިއުޅުމުގެ މުހިއްމު އެހެން ކަންކަން ވެސް ހިމަނައިގެން ވަގުތު މެނޭޖު ކުރަން މިހާރުއްސުރެ މަސައްކަޔތް ކުރުން ރަނގަޅެވެ.

ވަޒީފާ އަކީ އަދި ތިމާގެ މުޅި ދިރިއުޅުން ނޫންކަން ގަބޫލުކުރާށެވެ. އެއީ ދިރިއުޅުމުގެ އެއް ބައެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ނުވަތަ މަސައްކަތަށް ތިމާ ހާއްސަ ކުރަނީ 8 ގަޑިއިރު ނުވަތަ 10 ގަޑިއިރު ކަމުގައި ކަނޑައަޅާ އެ ވަގުތު ހަމަވުމުން މަސައްކަތް ހުއްޓާލާ އެހެން ކަމަކަށް ނުވަތަ ތިމާގެ އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމަށް އަޒުމު ކަނޑައަޅާށެވެ.

advertisement

އޮފީހަށް ވަނުމަށްފަހު މަސައްކަތް ގިނަވެ ބްރޭކެއް ނުނެގޭ ފަހަރުވެސް ބައެއް މީހުންނަށް ދިމާވެއެވެ. ނަމަވެސް މިއީ އެކަން އޮންނަންވާ ގޮތެއްނޫނެވެ. ބްރޭކް ގަޑީގައި އޮފީހުން ނުކުމެލާ މަދުވެގެން 10 މިނިޓުވިޔަސް މާހައުލު ބަދަލުކޮށްލުމަކީ ވަރަށް މުހިންމުކަމެކެވެ.

މާ ބުރަކޮށް, މާ ގިނައިން, ނުވަތަ މާ ގިނައިރު ވަންދެން މަސައްކަތްކުރުމަކީ ސިއްހީގޮތުން ބަލާއިރުވެސް ގެއްލުންތަކެއް ހަށިގަނޑަށް ލިބޭ ކަމެކެވެ. އެހެންކަމުން ތިމާ ވަޒީފާއަށް ތިދޭ އަހައްމިއްޔަތުގެ ބޮޑުކަމުން އޭގެ ނޭދެވޭ އަސަރު އަސްލު ދިރިއުޅުމަށް ކުރުމުގެ ކުރިން ވަޒީފާގެ ބައުންޑްރީ ކަނޑައެޅުން މުހިންމެވެ.

އޮފީހުން ގެއަށްދާއިރު އޮފީހުގެ ހުރިހައި މަސައްކަތެއް ނިންމާފައި ގެއަށް ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އޮފީހުގެ މަސައްކަތް ގޭގައި ކުރާނަމަ އާއިލާއާއި އޮންނަ ގުޅުން ކުޑަވެގެންދާނެއެވެ. އަދި އެމީހުންނަށް އެކަށީގެންވާ ވަގުތު ނުދެވޭނެއެވެ.

ރިއެކްޝަންސް
2
0
0
3
0
0
0