“ޓެކްސީ ޑްރައިވަރުން ބޭނުމެއްނުވޭ ހުޅުމާލެއަށް ނޫނިއްޔާ ދަތުރެއް”

5 ޖެނުއަރީ 2022 - 16:30

މާލެތެރޭގައި ޓެކްސީ ލިބުން ދަތި ވާހަކައަކީ މިހާރު ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ. މާލެތެރޭގެ ދަތުރެއްނަމަ އެ ދަތުރުތައް ނުނަގައެވެ. ނަމަވެސް ހުޅުމާލެއަށް ދާނަމަ އެ ދަތުރުނަގާކަމުގެ ގިނަ ކަންބޮޑުވުން މީހުން ކުރެއެވެ.

ޓްވިޓަރގައި މީހަކު ބުނެފައިވަނީ ހުޅުމާލެއަށް ނުދާތީ ޓެކްސީ ދަތުރެއް ނުލިބުނުކަމަށެވެ. އޭނާ ބުނި ބުނުމަށް ރައްދުދީ އެހެންމީހަކު ބުނެފައިވަނީ ޓެކްސީ ހޯދާ އެޕްތަކުންވެސް ހުޅުމާލެއަށްދާ ދަތުރަކަށްނޫނީ ޓެކްސީ ނަގަން އުނދަގޫކަމަށެވެ.

advertisement

މިއީ މިހާރު ވަރަށް ގިނަ މީހުން ކުރާ ޝަކުވާއެކެވެ. ހުޅުމާލެއަށްދާން ދަތުރު ލިބުނު ނަމަވެސް މާލެތެރޭގެ ދަތުރުތައް ނުލިބޭ ވާހަކައެވެ. ފަހަރުގައި ހުޅުމާލެއަށްދާން ޓެކްސީ ދަތުރުތައް ލިބޭލެއް ފަސޭހައީ ހުޅުމާލޭ ދަތުރުތަކަށް ބޮޑު އަގު ނަގާތީ ކަމަށްވެދާނެއެވެ. ހުޅުމާލޭ ދަތުރެއްގެ އަގަކީ 75 ރުފިޔާއެވެ. ނަމަވެސް މާލޭގެ ދަތުރެއްގެ އަގަކީ 25 ރުފިޔާއެވެ.

އަދި މާލެތެރޭގައި ކާރު ދުއްވަން އުނދަގޫވުމަކީވެސް ގިނަ ޓެކްސީތަކުން މާލެ ތެރޭގެ ދަތުރުތައް ނުނަގާ ސަބަބެއްކަމަށް ބެލެވެއެވެ. މާލޭގެ މަގުތައް ތޮއްޖެހުމާއި މަގުތައް އަޑިގުޑަންވެފައި އޮތުމާއި އަދި ގިނަފަހަރު މަގުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން މަގު ދިގުވާފަހަރު އާދެއެވެ.

މިއީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން އަތޮޅުތެރޭގެ ގިނަ އަދަދެއްގެ މީހުން މާލެ އައުމާއި ގުޅިގެންވެސް މިދުވަސްވަރު ކާރު ހޯދުމުގައި އުނދަގޫތަކެއް އުޅެއެވެ.

ރިއެކްޝަންސް
1
1
2
1
1
3
14