އެއްމާބަނޑު ކުދިން އުފަންވާ މިންވަރު އިތުރުވަނީ
6 ޖެނުއަރީ 2022 - 16:28
އެއްމާބަނޑު ކުދިން އުފަންވާ މިންވަރު އިތުރުވާންފަށާފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 1980 ގެ ފަހުން އެއްމާބަނޑު ކުދިން އުފަންވާ ރޭޓް ތިން ގުނަ މަތިވެފައިވާ ކަމަށް ހިއުމަން ރިޕްރޮޑަކްޝަން ޖާނަލްގައި އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ. މި ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި އަހަރަކު 1.6 މިލިއަން އެއްމާބަނޑު ކުދިން އުފަންވެ އެވެ. އަދި އުފަންވާ ކޮންމެ 42 ކުދިންގެ ތެރެއިން ދެ ކުދިންނަކީ އެއްމާނޑު ކުދިންނެވެ. މި މައުލޫމާތު އެއްކޮށްފައި ވަނީ 1980-1985 އަދި 2010-2015 އަށް އެއްމާބަނޑު ކުދިން އުފަންވާ މިންވަރު 165 ގައުމެއްގައި ހުރީ ކިހިނެއްތޯ ބަލައިފަ އެވެ.
ފާއިތުވި 30 އަހަރު އެއްމާބަނޑު ކުދިން އުފަންވި ނިސްބަތަށް ބަލާއިރު އޭޝިއާގެ ނިސްބަތް 32 ޕަސަންޓަށް އިތުރުވެފައިވާ އިރު އުތުރު އެމެރިކާގެ އެ ނިސްބަތް މިހާރު 71 ޕަސެންޓަށް އަރަ އެވެ. ދިރާސާގައި ބުނެފައިވާ ގޮތުގައި އެއްމާބަނޑު ކުދިން މިހާރު އެންމެ ގިނައިން އުފަންވަނީ ޔޫރަޕާއި އުތުރު އެމެރިކާގެ އެވެ. އެގޮތުން އުފަންވާ ކޮންމެ 1،000 ކުދިންގެ ތެރެއިން ބޮޑު އަދަދަކީ އެއްމާބަނޑު ކުދިންނެވެ. އަދި އޭޝިއާގައި އުފަންވާ ކޮންމެ 1،000 ކުދިންގެ ތެރެއިން އެއްމާބަނޑުގައި އުފަންވާ ކުދިންގެ އަދަދު 9-12 އަށް އިތުރުވެފައިވެ އެވެ.
އެއްމާބަނޑު ކުދިން އުފަންވުން ކުރިއާ ހިލާފަށް އިތުރުވަމުން އަންނަ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ދަރިން ހޯދުން ލަސްކުރުމާއި ފަހުން އައިވީއެފް ފަދަ ޕްރޮސީޖާތަކުގެ އެހީގައި ދަރިން ހޯދުން ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ އެވެ.