ދަރިފުޅު ޑިޕްރެޝަންގައި އުޅޭނަމަ އަވަހަށް ދެނެގަނޭ
11 ޖެނުއަރީ 2022 - 16:07
ކުއްޖާގެ ޅައުމުރުގައި ކުއްޖާއަށް ދިމާވާ ނެގެޓިވް ނުވަތަ ހިތާމަވެރި ކަންތައްތަކުގެ ސަބަބުން އެކަންކަން އުމުރުދުވަހުގައިވެސް ހުރެދާނެއެވެ. އަދި މިއީ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ ނުދީފިނަމަ މުޅި އުމުރުގައިވެސް އެކަން ތަހައްމަލްކުރަން ޖެހޭ ކަމަކަށް ވެދާނެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީގޮތުންވެސް ކުއްޖާއަށް ގިނަ ކަންތައްތައް ކުރިމަތިވެއެވެ. މިއީ “އެޑްވާސް ސައިލްޑްހުޑް އެކްސްޕީރިއަންސް” (އޭސީއީ) އެވެ.
ކުއްޖާގެ ދިރިއުޅުމަށް އަސަރުކުރުވާ ބައެއް އެޑްވާސް ސައިލްޑްހުޑް އެކްސްޕީރިއަންސް ތަކުގެ ތެރޭގައި:
- މައިންބަފައިން ވަރިވުން
- އާއިލީ މެންބަރަކު ނުވަތަ މެންބަރުން ޑްރަގް އަލްކަހޯލް ބޭނުންކުރުން
- ނަފްސާނީ މައްސަލަތައް ހުންނަ އާއިލީ މެންބަރުންނާއިއެކު އުޅުން
- އާއިލާގެ މެންބަރަކު އެބިއުޒް ކުރާތަން ފެނުން
- އަމިއްލަ މީހާއަށް ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީގޮތުން އަނިޔާލިބުން
ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން ޅައުމުރުގައި މިތަނުން ކޮންމެވެސް އެއްކަމެއް ތަހައްމަލްކުރަންޖެހިފައިވާ ކުދިންގެ އަދަދު %60 އަށް އަރައެވެ. އަދި ދޭއް ނުވަތަ ތިން ކަމާއި ކުރިމަތިލާން ޖެހިފައިވާ ކުދިންގެ އަދަދުވެސް އިތުރެވެ.
އޭސީއީގެ ސަބަބުން ލިބިދާނެ ބައެއް ގެއްލުންތައް:
- ނަފްސާނީ މައްސަލަތައް ދިމާވުން (ޑިޕްރެޝަން، އެންޒައިޓީ)
- ބޮލުގައި ރިއްސުން
- އެހެންމީހުންނާއި ގުޅުން ބަދަހިކުރުމަށް އުނދަގޫވުން
- ވަޒީފާގައި އުޅެން އުނދަގޫވުން
އޭސީއީއަށް ފަރުވާކުރާނީ ކިހިނެތް؟
އެސީއީއާއި ގުޅޭގޮތުން މައުލޫމާތު ހޯދައި މިކަން ދިރާސާކުރުމަކީ މިކަމުން އަރައިގަތުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. ކުޑައިރު މިފަދަ ކަމެއް ދިމާވެފައިވާނަމަ ދިރިއުޅުމުގެ މާނަ ހޯދުމާއި ދިރިއުޅުމައިގެން ކުރިއަށްދިއުމަކީ ބައެއް މީހުނަށް ވަރަށް އުނދަގޫކަމެކެވެ. އެހެންކަމުން ކޮންމެވެސް ކަމެއްގައި ބިޒީވެ އުޅެވިދާނެއެވެ. ނުވަތަ ތިމާ ކުރާހިތްކާ ކަމެއް ކޮށްލެވިދާނެއެވެ. އެއްވެސް ގޮތަކުން މިކަމަށް ފަރުވާއެއް ނުހޯދޭނަމަ ޕްރޮފެޝަނަލް މީހެއްގެ އެހީތެރިކަން ހޯދާށެވެ.