ފުއްޕާމޭގެ ކެންސަރު ޖެހެނީ ހަމައެކަނި ސިގިރޭޓް ބޯ މީހުންނަށް އެކަންޏެއް ނޫން

11 ޖެނުއަރީ 2022 - 17:36

ކެންސަރަކީ ނުރައްކާތެރި ބައްޔެކެއެވެ. ރާއްޖޭގައި ކެންސަރުގެ އެކި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުން ގިނަކަން ފާހަގަކޮށްލެވެއެވެ.  2020 އަހަރު ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުން ކެންސަރުގެ ބަލިތަކުގެ ތެރެއިން އުރަމަތީގެ ކެންސަރު ފިޔަވާ އެންމެ ގިނައިން މުޅިދުނިޔޭގައި ފެތުރެމުން އަންނަ ކެންސަރުގެ ބާވަތަކީ ފުއްޕާމޭގެ ކެންސަރއެވެ. 2020 އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މުޅިދުނިޔޭގައި ފުއްޕާމޭގެ

2.21 މިލިޔަން ކޭސް ފެނިފައިވާއިރު، 1.8 މިލިޔަން މީހުން މި ކެންސަރގައި ވަނީ ދުނިޔެދޫކޮށްފައެވެ.

advertisement

ފުއްޕާމޭގެ ކެންސަރުގެ ވާހަކަދައްކާއިރު، އެންމެ ގިނައިން އިވޭނެ އަޑަކީ މި ކެންސަރު އެންމެ ގިނައިން ޖެހެނީ ސިގިރޭޓް ބޯ މީހުންނަށް ކަމަށެވެ. އަދި ސިގިރޭޓް ނުބޯނަމަ މި ކެންސަރު ނުޖެހެނޭ ކަމަށެވެ.

އެމެރިކާގެ ނިއުޔޯރކް ސިޓީގެ މައުންޓް ސިނައި ޓިސްޗް ކެންސަރ އިންސްޓިޓިއުޓްގެ ތޮރަސިކް އޮން އޮންކޮލޮޖީގެ  އެކްޒެކެޓިވް ޑައިރެކްޓަރ ޑރ ފްރެޑް ރ. ހަރސް ވިދާޅުވެފައިވަނީ ފުއްޕާމޭގެ ކެންސަރު ޖެހެނީ ހަމައެކަނި ސިގިރޭޓް ބޯ މީހުންނަށް ކަމަށް ދެކެވޭ ދެކެވުން އެއީ ކުށް ހީ އެއް ކަމަށެވެ.

އެ ގޮތުން އެމެރިކާގެ ސީޑީސީން ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުން އެމެރިކާގައި ފުއްޕާމޭގެ ކެންސަރުޖެހޭ މީހުންގެ %20-10 އިން ސައްތަ މީހުންނަކީ ދުވަހަކުވެސް ސިގިރޭޓް ބޮއެފައިނުވާ މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން މީހަކު އެ މީހަކު އުމުރުގައިވެސް މަދުވެގެން 100 ސިގިރެޓްވެސް ބޮއެފައިނުވާ ކަމަށެވެ.

ސީޑީސީގެ ދިރާސާ ދައްކާ ގޮތުން ފުއްޕާމޭގެ ކެންސަރގައި ކޮންމެ އަހަރަކުވެސް 7300 މީހުން މަރުވާއިރު،  އެ މީހުންނަކީ “ސެކަންޑް ހޭންޑް ސްމޯކް” ގެ ސަބަބުން މަރުވާ މީހުންނެވެ. އަދި 2900 މީހުން މަރުވާއިރު އެއީ އެހެނިހެން ގޮތްގޮތުން ފުއްޕާމޭގެ ކެންސަރު ޖެހުނު މީހުން ކަމަށެވެ.

ޑރ ފްރެޑް ވިދާޅުވީ އެންމެ މުހިއްމު ކަމެއް ދޭން ޖެހެނީ ތިމާ “ސެކަންޑް ހޭންޑް ސްމޯކިންގ” އަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށް ކަމަށެވެ. ސިގިރޭޓް ނުބޯ މިހާ އުޅޭ މާހައުލުން އެހެން މީހުން ސިގިރޭޓް ބޮއެ އޭގެ ސަބަބުން ނުބޯ މީހާއަށް ފުއްޕާމޭގެ ކެންސަރު ޖެހޭ މިންވަރު އިތުރުވެފައިވާކަމަށް ޑރ ފްރެޑް ވިދާޅުވިއެވެ.

 އެގޮތުން ސީޑީސީގެ ތަފާސް ހިސާބު ދައްކާ ގޮތުން ފުއްޕާމޭގެ ކެންސަރޖެހޭ މީހުންގެ %30-20 ޕަސެންޓް މީހުންނަށް ފުއްޕާމޭގެ ކެންސަރޖެހިފައިވަނީ “ސެކަންޑްހޭންޑް ސްމޯކްގެ ސަބަބުން” ނެވެ.

ސިގިރޭޓް ބުއިން ހުއްޓާލުން ނުވަތަ ސިގިރޭޓް ނުބުއިން އެއީ ކެންސަރުން ސަލާމަތްވުމަށް އަމިއްލަ އަށް އެޅިދާނެ ފިޔަވަޅެކެއެވެ.

ރިއެކްޝަންސް
0
0
0
3
0
0
0