ބައިވެރިޔާއަކީ ކޮންޓްރޯލިންގ މީހެއްތަ؟
18 ޖެނުއަރީ 2022 - 15:57
ތިބާގެ ބައިވެރިޔާއަކީ ކޮންޓްރޯލްކުރާ މީހެއްހެއްޔެވެ؟ ކައިވެެނިކޮށްގެން ނުވަތަ ރައްޓެހިވެގެން އުޅޭއިރުވެސް މިއީ ބައެއް ފަހަރު ދިމާވާ މައްސަލައެކެވެ. އެކަކު މާބޮޑަށް ކޮންޓްރޯލް ކުރުމުގެ މައްސަލައެވެ. ކޮންޓްރޯލް ކުރާނަމަ އެކަމުގެ ސަބަބުން އެ ގުޅުމަކަށް އަސަރުކުރެއެވެ.
ކޮންޓްރޯލް ކުރުމުގެ ސަބަބުން ރަނގަޅު ބައެއް ކަންކަމަށްވެސް މަގުފަހިވެއެވެ. އޭގެތެރޭގައި ކޮންޓްެރޯލް ކުރާނަމަ އެ ގުޅުމެއްގައި ބައުންޑަރީޒް ނުވަތަ ވަކި މިންގަނޑެއް ކަނޑައެޅިގެންދެއެވެ. އަދި ބައިވެރިޔާ ބޭނުންވާ ކަންކަން އިނގިފެންދެއެވެ.
ނަމަވެސް ކޮންޓްރޯލް ކުރުމަކީ ގިނަ ފަހަރު އޭގެ ސަބަބުން ނޭދެވޭ އަސަރު އެ ގުޅުމަކަށް ކުރާކަމެކެވެ. ކޮންޓްރޯލް ކުރުމުގެ ސަބަބުން އެކަން ތަހައްމަލް ކުރުމަށް އަނެކަކަށް އުނދަގޫވެ އެ ގުޅުމަށް ގިނަފަހަރު ބުރޫއަރައެވެ. ބައިވެރިޔާ މާބޮޑަށް ކޮންޓްރޯލް ކުރާނަމަ މިކަން ގެވެށި އަނިޔާއަކަށްވެސް ވެގެންދާފަހަރު އާދެއެވެ. ބައިވެެރިޔާގެ ފަރާތުން ކޮންޓްރޯލް ކުރުމުގެ ސިފަ ފެންނަން މެދުވެރިވާ ބައެއް ސަބަބުތައްވެސް ސައިކޮލޮޖިކަލީ ބަލާއިރު ހުރެއެވެ. އޭގެތެރޭގައި:
- ބިރުގަތުން ނުވަތަ ހިތާމައެއްގެ ސަބަބުން
- ބައިވެރިޔާއަށް އިތުބާރު ނުކުރުން
- ސެލްފް އެސްޓީމް ދަށްވުން
- މާޒީގައި ހިނގާފައި ހުރި ކޮންމެވެސް ހާދިސާއެއްގެ ސަބަބުން (ޓްރޯމާ، އެބިއުސް)
ކޮންޓްރޯލްކުރާ މީހެއްގެ ކިބައިން ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި:
- ފާޑުކިޔުން
އަބަދުވެސް އޭނާ ދަށްކޮށްލާފައި ނުވަތަ ކުރާ ކަންކަމަށް ފާޑުކިޔާނެއެވެ.
ރަހުމަތްތެރިންނާއި އާއިލާއާއި ދުރުކުރުން
ކޮންޓްރޯލް ކުރާ މީހެއްނަމަ ބައިވެރިޔާ އޭނާގެ އާއިލާއާއި ރަހުމަތްތެރިންނާއި ދުރުކުރަން މަސައްކަތް ކުރާނެއެވެ. އެގޮތުން އެމީހުންނާއިއެކު ވަގުތު ހޭދަކުރުމާއި އެމީހުންނާއި ބައްދަލުކުރުމަށް ހުރަސްއަޅާނެއެވެ.
- ފާރަލުން
ކޮންޓްރޯލް ކުރާ މީހަކު އަބަދުވެސް ހުންނާނީ ތިމާއަށް ފާރަލާލައެވެ. އެއްވެސްކަމެއްގައި އިތުބާރެއް ނުކުރާނެއެވެ. އެގޮތުން ފޯނުން އަދި އުޅޭ އުޅުމަށްވެސް ފާރަލާފާނެއެވެ.
- ބިރުދެއްކުން
މިފަދަ މީހުން ވަރަށް ގިނައިން ބުރުދައްކައި އުޅޭނެއެވެ. ބައެއް ފަހަރު އަނިޔާ ލިބޭ ފަދަ ތަކެތި ބޭނުންކޮށްގެންވެސް ބިރުދައްކަފާނެއެވެ.
- ކެއިއަރަށް ހުރަސްއެޅުން
ކޮންޓްރޯލް ކުރާ މީހަކު ފައިސާގެ ގޮތުން ދަތިކުރުންތައް ކުރިމަތިކުރާނެއެވެ. އަދި ކެއިއަރަށް ހުރަސްއަޅާނެއެވެ. އެއީ ކިޔެވުމުގެ ގޮތުންވިއަސް އަދި ވަޒީފާގެ ގޮތުންވިއަސްއެވެ.
މިފަދަ މީހަކާއިއެކު އުޅެނަމަ އެންމެ ރަނގަޅު ގޮތަކީ އެމީހެއްގެ އުޅުމަށް ބަލައި އަވަހަށް ދެނެގަތުމެވެ. އަދި ސަޕޯޓް ހޯދުމެވެ. އަދި އެ ގުޅުމަކުން ދުރުވާން ޖެހިއްޖެނަމަ ދުރުވުމެވެ.