ނޭވާހިއްލާ މީހުން އެއަރ ޕިއުރިފަޔަރ ގަތުން ރަނގަޅު

19 ޖެނުއަރީ 2022 - 11:48

އެސްތުމާ ނުވަތަ ނޭވާހިއްލުމަކީ ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. ނޭވާ ހިއްލާ މީހުންނަށް މި އުނދަގޫ ކުޑަކުރުމަށްޓަކައި ގޭގައި އެއަރ ޕިއުރިފައަރ ބޭނުންކުރުމަކީ މިކަމަށް ލުއި ލިބޭނެކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

ނޭވާ ހިއްލާނަމަ ގޭގައި އެއަރ ޕިއުރިފައަރ ބޭނުންކުރާނަމަ ގޭތެރޭގައި ހުންނަ ހިރަފުހާއި ދުން ފަދަ ނޭވާއަށް އުނދަގޫ ކުރާ އެންމެހައި ތަކެތި ސާފުކޮށްދޭނެއެވެ. ސަބަބަކީ އެއަރ ފިއުރިފައަރ އަކީ އޭގެ ޒާތުގައި ވައި ސާފުކޮށްދޭ އެއްޗަކަށްވާތީއެވެ. އެގޮތުން ގޭތެރޭގައި އެއަރ ޕިއުރިފައަރ ބޭނުންކުރާނަމަ ގޭތެރޭގައި ހުންނަ ނުސާފު ވައި ސާފުކޮށްދީ އައު ސާފު ވައި ގޭތެރެއަށް ފޮނުވާދޭނެއެވެ.

advertisement

މިހެންވުމުގެ ސަބަބުން ނޭވާ ހިއްލާ ނުވަތަ ނޭވާއަށް އަސަރުކުރާ މީހުންނަށް އެއަރ ޕިއުރިފައަރ އަކީ ގޭތެރޭގައި ބޭނުންކޮށްލެވޭނެ މުހިންމު އެއްޗެކެވެ. 2018 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ނޭވާ ހިއްލާ މީހުންނަށް އިންޑޯ ނުވަތަ ގޭތެރޭގައި މިކަމަށް ހައްލު ހޯދޭނެ ގޮތްތައް ބެލުމަށް ވަނީ ދިރާސާކޮށްފައެވެ. މި ދިރާސާއިންވެސް ދައްކާގޮތުގައި އެއަރ ޕިއުރިފައަރ އެއް ބޭނުންކުރުމުން މިކަމަށް ހައްލު ލިބޭނެކަމަށް ވަނީ ބުނެފައެވެ.

މި ހޯދުންތަކުން ދައްކާގޮތުގައި އެއަރ ފިއުރިފައަރ ބޭނުންކުރުމުގެ ސަބަބުން ނޭވާހިއްލުން %25 އާއި %50 އަށް ކުޑަކޮށްދެއެވެ.

އެއަރ ޕިއުރިފައަރ އެއް ގަންނައިރު ބަލަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. އެގޮތުން އޭގައި ހައި އެޕީޝިއަންސީ ފިލްޓަރއެއް ހުރުމާއި، ކޮޓަރީގެ ސައިޒާއި، އެސްތުމާ އެލަރޖީއާއި ރަހުމްތަތެރި ފިލްޓަރ ހުރި ސެޑިފައިޑް އެއްޗެއްތޯ ބަލަންޖެހެއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0