އޭޑީއެޗްޑީ އަލާމާތް ހުންނަ ނަމަ ޑޮކްޓަރަށް ނުދައްކާ ނުހުންނާތި
22 ޖެނުއަރީ 2022 - 14:32
އަންޓްރީޑެޓް އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވް ޑިސްއޯޑަރ (އޭޑީއެޗްޑީ) އަކީ ކަންކަމަށް އެޓެންޝަންދޭ އުދަގޫވާ ކަމެކެވެ. އޭޑީއެޗްޑީގެ ސަބަބުން މީހާގެ ގައިގައި ވަރުނެތް ކަމުގެ އިހްސާސް ކުރެވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި %8.4 ކުޑަކުދިން އަދި %2.5 ބޮޑެތިމީހުންގެ އޭޑީއެޗްޑީ ހުރެއެވެ. އަދި ކުޑަކުދިން އޭޑީއެޗްޑީއަށް ހުށައެޅެނީ 3 އަހަރަށްވުރެވެސް ހަގުއިރުއެވެ.
ކުޑަކުދިންގެ ކިބައިން ފެނިދާނެ ބައެއް އޭޑީއެޗްޑީ އަލާމާތްތައް:
- ދުވާލުގެ ވަގުތުގައި ކަމަކަށް މާބޮޑަށް ގެއްލިފައި ހުރުން ނުވަތަ ޑޭ ޑްރީމިންގ
- ކަމަކަށް ފޯކަސް ކުރަން އުނދަގޫވުން
- ކެއަރލެސް މިސްޓޭކް ހެދުން
- އެހެންމީހުން ވާހަކަދައްކާއިރު ޝައުިގުވެރިކަން ނުދިނުން
- ކަންކަން މެނޭޖްކުރަން ނުވަތަ އޮގަނައިޒްކުރަން އުނދަގޫވުން
- ކޮންމެހެން ކުރަންޖެހޭ ކަންކަން ހަނދާންނެތުން ނުވަތަ ނުކޮށް ދޫކޮށްލުން
- އިރުޝާދަށް ބޯލަނބަން އުނދަގޫވުން
- ރިސްކީ ކަންކަން ކުރުން
އޭޑީއެޗްޑީ ހުންނަ ބޮޑުމީހެއްގެ ކިބައިންވެސް މިއީ އާންމުކޮށް ފެނިދާނެ އަލާމާތްތަކެވެ. އެހެންނަމަވެސް އެކި މީހުންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތު ވާނެއެވެ. އޭޑީއެޗްޑީ ހުންނަ މީހަކަށް ދިމާވެދާނެ އެހެން ބައެއް ކަންކަމުގެ ތެރޭގައި:
- އަޑުއެހުމަށް އުނދަގޫވުން
- ޑިޕްރެޝަން
- ކަންކަން ދަސްކުރުމަށް އުނދަގޫވުން
- ނިދަން އުނދަގޫވުން
އޭޑީއެޗްޑީ ހުންނަ މީހަކަށް ކައުންސިލިން ހޯދިދާނެއެވެ. ކުޑަކުއްޖަކަށްނަމަ މިކަންކަންވެސް ކޮށްލެވިދާނެއެވެ.
- ކުރަންޖެހޭ ކަންކަން ލިޔެފައި ބެހެއްޓުން
- ބޮޑެތި ކަންކަން އެކިއެކި ޓާސްކް ތަކަށް ބަހާލުން
- ސްކޫލް އެއްޗިއްސާއި ކުޅޭއެއްޗެހި ފަދަ ތަކެތި އޮގަނައިޒްކޮށްފައި ބެހެއްޓުން
- ކަމެއް ހާސިލްވުމުން އެކަން ފާހަގަކުރުން