ކޮވިޑްގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑު: ދިރާސާ

25 ޖެނުއަރީ 2022 - 11:50

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް19 ގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ދިމާވާކަމަށް ހޯދުންތަކުން ދައްކައެވެ. ހޯދުމަތަކުން ދައްކާގޮތުގައި ކޯވިޑް19 ގެ ސަބަބުން ބައެއް މީހުންގެ ސިކުނޑިއަށްވެސް އޭގެ ނޭދެވޭ އަސަރުކުރެއެވެ.

ކޯވިޑްގެ ސަބަބުން ބައެއް މީހުންގެ ހާލަތު ގޯސްވެ އެނދުމަތިކޮށްގެން ފަރުވާދޭންޖެހެއެވެ. އާންމުގޮތެއްގައި ކޯވިޑް19 ޖެހި ބަލީގައި ބޮޑުވަރުވަނީ ދިފާއީ ނިޒާމް ދަށްމީހުންނާއި، އުމުރުން ދުވަސްވީ މީހުނަށެވެ. އަދި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް މިބަލީގައި ބޮޑުވަރުވެއެވެ. އެހެންނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށްވެސް މި ބަލީގައި ބޮޑުވަރުވެދާނެކަމަށް ބަލަންޖެހެއެވެ. އަދި އުމުރުން ވަރަށް ހަގު މީހުންވެސް މި ބަލީގައި ވަނީ ނިޔާވެފައެވެ.

advertisement

ކޯވިޑްގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ދިމާވާކަމަށް ހޯދުންތަކުން ދައްކައެވެ. އޭގެތެރޭގައި ރެސްޕިރޭޓަރީ ނިޒާމަށް ދިމާވާ އެކިއެކި މައްސަލަތަކާއި، ސްޓްރޯކް ޖެހުމާއި އަދި ސިކުނޑިއަށް ދިމާވާ އެކިއެކި މައްސަލަތައް ވަނީ ހޯދިފައެވެ.

އެންވައިޔޫ ގްރޮސްމޭން ސްކޫލް އޮފް މެޑިސިންއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ކޯވިޑްގެ ސަބަބުން ބޮޑުވަރުގެ އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ ބައެއް މީހުންނަށް މި މައްސަލަ ދިމާވާކަމަށެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެންފެށި ކޯވިޑް19 މިހާރު މުޅި ދުނިޔެއަށް ވަނީ ފެތުރިފައެވެ. ރާއްޖޭގައިވެސް ކޯވިޑް19 ގެ ހާލަތު މިހާރު އަންނަނީ ގޯސްވަމުންނެވެ. ކޯވިޑްޖެހޭ މީހުންގެ އަދަދުތައް މިހާރު ރައްޖޭގައި އުޅެނީ 2000 އިން މަތީގައެވެ.

ރިއެކްޝަންސް
0
2
0
1
1
1
0