ޑޮކްޓަރުންގެ ލިޔުން ހަޑިކަމުގެ ވާހަކަ

31 ޖެނުއަރީ 2022 - 11:49

ޑޮކްޓަރަށް ދައްކާފައި ނިކުންނައިރު، އެންމެ ބޮޑު ޝަކުވާއެއް ގިނަ ފަހަރަށް އަންނަ އެއް ކަމަކަށް ޑޮކްޓަރު ދީފައި އޮންނަ ބޭސް ސިޓީ ވެއެވެ. ބޭހުގެ ސަބަބުންނެއް ނޫނެއެވެ. އެ ބޭސް ސިޓީގައި ޑޮކްޓަރ ލިޔެފައި ހުންނަ ލިޔުމުގެ މައްޗަށެވެ. ބައެއް ފަހަރު ނާސަރީގައި އުޅޭ ކުއްޖަކުވެސް މިއަށްވުރެ ރީއްޗަށް ލިޔާނޭ، ބުނެވޭ ފަހަރުވެސް އާދެއެވެ.

ހަގީގަތުގައި ޑޮކްޓަރުން ލިޔެފައި ދޭ ބޭސް ސިޓީ ނޫނީ ދޭ ލިޔެކިޔުންތަކުގައި އެފަދަ ގޮތަކަށް ލިޔެވިފައި ހުންނަނީ ގިނަ ސަބަބުތަކާއި ހެދިއެވެ. ޑޮކްޓަރުންނަކީ އެތައް އިރެއް ވަންދެން ބަލިމީހުން ބެލުމުގައި ހޭދަކުރާ ބައެކެއެވެ. އަދި އެ ހުރިހާ ބަލިމީހުންގެ ހުރިހާ މައުލޫމާތެއް ޑޮކްޓަރު ދާނީ ބަލައި ނޯޓް ކުރަމުންނެވެ. މިހެންވުމުގެ ސަބަބުން އަތް އިންތިހާ ދަރަޖައަށް ވާޅުވުމުގެ ސަބަބުން ލިޔާއިރު، މި ގޮތަށް ލިޔެވިފައި ހުންނަ ފަހަރު އާދެއެވެ. ލިޔުން ކިތަންމެ ހަޑިކޮށް ހުރި ނަމަވެސް ޑޮކްޓަރުން އެންމެ އިސްކަމެއް ދެނީ ބޭސް ސިޓީގައި ލިޔާ ބޭހުގައި ނަންތަކާއި، މިލިގްރާމާއި، އަދި ކާންޖެހޭ ގޮތް ފަރުވާތެރިކޮށް ލިޔުމަށް ޑޮކްޓަރުން ސަމާލުކަންދެއެވެ.

މިހާރު މި ކަމަށްވެސް ޑޮކްޓަރުން ވަނީ ހައްލު ހޯދާފައެވެ. އެއީ މިހާރު ގިނަ ޑޮކްޓަރުން ބަލި މީހާއަށް ދެނީ ކޮމްޕިއުޓަރުން ލިޔެފައި އޮންނަ ބޭސް ސިޓީއެކެއެވެ. މި ގޮތަށް ހެދުމުން ޑޮކްޓަރުން ދޭ ބޭސް ސިޓީ ކިޔަން ފަސޭހަވެ، ލިޔުން ހަޑިކަމުގެ ޝަކުވާ މިހާރު ދަނީ ފަނޑުވަމުންނެވެ.

ރިއެކްޝަންސް
1
4
10
0
4
3
3