ސިނގިރޭޓު ބުއިން ހުއްޓާނުލުމަށް ދައްކާ އުޒުރުތައް

31 ޖެނުއަރީ 2022 - 15:44

ދުންފަތުގެ އިސްތިއުމާލުކުރުމަކީ މިހާރު ވަރަށް ބޮޑަށްވެސް އާންމުވެފައިވާ ނުރަނގަޅު އާދައެކެވެ. ދުނަފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މީހާގެ ހަށިގަނޑަށް ނޭދެވޭ އެތައް އަސަރެއްކުރެއެވެ. އަދި ތަފާތު ބަލިތަކަށް މީހާ ހުށައެޅިގެންދެއެވެ. މި އާޓިކަލްގައި މި ހިމަނާލަނީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ބެހޭގޮތުން ކުރެވޭ ބައެއް ކުށްހީތަކަށެވެ.

  • އިހްތިޔާރުކުރާކަމެއްކަމަށް ބުނުން

ދުންފަތުގެ އިސްތިއުމާލު ފުރަތަމަ ކުރުމަކީ އެއީ އިހްތިޔާރުގައި ނުވަތަ ހޮވުމެއް ކަމަށް ބަލައިގެން ކޮށްފާނެއެވެ. ނަމަވެސް ތަކުރާރުކޮށް އެކަން ކުރާނަމަ އެއީ ޗޮއިސްއަކަށް ނުވާނެއެވެ. ދުންފަތުގައި ހުންނަ ނިކޮޓިންއަކީ މީހާ ވަރަށް އަވަހަށް ދެވިހިފާއެއްޗެކެވެ. ޑޮކްޓަރަށް ވާހަކަދައްކައިގެން ނިކޮޓިންއާއި ދުރުވުމަށް ބޭހެއްވެސް ބޭނުންކުރެވިދާނެއެވެ.

advertisement
  • ދޭތެރެއަކުން ސިނގިރޭޓު ބޯލުމަކީ މައްސަލައެއް ނޫންކަމަށް ދުށުން

ބައެއް މީހުން ދެކޭގޮތުގައި ދޭތެރެއަކުން ސިނގިރޭޓެއް ބޯލުމަކީ މައްސަލައެއް ނޫނެވެ. އެއީ ސިއްހަތައް ގެއްލުމެއްވެސް ދިމާވާނެ ކަމެއްނޫންކަމަށް އެމީހުން ދެކެއެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގައި ބަލަންޖެހޭނީ ހަމައެކަނި ދިގު މައްދަތަކަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހާއަކަށް ނޫނެވެ. 2010 ވަނަ އަހަރުގައި އެމެރިކާގައި ހެދި ރިޕޯޓަކުން ދައްކާގޮތުން ދުންފަތުގެ ދުން އިންސާނާގެ ނޭވާލާ ނިޒާމަށް އެތެރެވުމާއިއެކު ހަށިގަނޑަށް ގެއްލުންދޭންފަށައެވެ.

  • ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުމަށްފަހު ހުއްޓާލުމަކީ ބޭނުންކަމެއްނޫންކަމަށް ދެކުން

ބައެއް މީހުން ދެކޭގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާތާ އެތައް ދުވަހެއް ނުވަތަ އަހަރުތަކެއް ވުމަށްފަހު ހުއްޓާލުމަކީ ބޭނުންކަމެއްނޫނެވެ. އެހެންބުނަނީ ގިނަ ދުވަހު ދުންފަތުގެ އިސްތިއުމާލު ކުރުމުން ހުންނާނީ ހަށިގަނޑަށް ވާނެ ގެއްލުމެއް ވެފައިކަމަށް ވާތީއެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. އެއީ ކިތަންމެ ދުވަހަކު ދުންފަތުގެ އިސްތިއުމާލު ކުރިނަމަވެސް ހުއްޓާލުމުން ހަށިގަނޑު ދުޅަހެޔޮވާން ފަށާނެއެވެ.

  • ދުންފަތުގެ ދުމުން އެ ނުބޯމީހާއަށް އަސަރެއް ނުކުރާނެކަމަށް ގަބޫލުކުރުން

ދުންފަތުގެ ދުމުގެ ސަބަބުން އެ ނުބޯމީހާއަށް އުނދަގޫވީނަމަވެސް ގެއްލުމެއް ނުވާނެކަމަށް އެ ބޯމީހުން ގަބޫލުކުރެއެވެ. މިއީ ހަޤީގަތެއްނޫނެވެ. ދުންފަތުގެ ދުމުގެ ސަބަބުން ވަށައިގެންވާ މީހުންނަށް ގިނަ ގެއްލުންތަކެއް ލިބެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރަކު 6 ލައްކަ މީހުން ދުންފަތުގެ ދުމަށް ހުށައެޅުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވެއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0