އެލަރޖީއެއްކަން ދެނެގަންނާނެ ގޮތްތައް
3 ފެބުރުއަރީ 2022 - 14:41
ވިއްސާރަ މޫސުމުގައި ނުވަތަ ރޯގާއެއް އުޅޭ ދުވަސްވަރެއްގައި ރޯގާޖެހި، ކިނބިހި އަޅާނަމަ އެއީ އަރިދަފުސް ރޯގާގެ އަލާމާތްތަކެވެ. ނަމަވެސް ހޫނު މޫސުމުގައި ނުވަތަ ރޯގާއެއް ނެތް ދުވަސްވަރެއްގައި ރޯގާތޯ ނުވަތަ އެލަރޖީއެއްތޯ ދެނެގަންނާނީ ކިހިންތެހެއްޔެވެ.
- ހިކިކެއްސުން ކެއްސުން
އަރިދަފުސް ރޯގާޖެހިގެން އުޅޭއިރު ކެއްސާ ކެއްސުމާއި އަދި އެލަރޖީގައި ކެއްސާ ކެއްސުން ތަފާތުވާނެއެވެ. ރޯގާޖެހިގެން އުޅޭއިރު ކަރަށް ތަދުވެ، ހިންދިރުވަން އުނދަގޫވާނެއެވެ. ހީވާނީ ކަރުގައި އެއްޗެއް ތާށިވެގެން އުޅޭހެނެވެ. ނަމަވެސް އެލަރޖީއެއްގައި ކެއްސާނީ ހިކި ކެއްސުމެވެ.
- ލޯކަހައި ފެންއައުން
ރޯގާޖެހިގެން އުޅޭނަމަ ލޯކައިރި ރަށްވެ އުނދަގޫވާކަހަަލަ އިހްސާސެއްވާނެއެވެ. ނަމަވެސް އޭގެބަދަލުގައި އެލަރޖީގައި ލޯކަހާނެއެވެ. އަދި ލޮލުން ފެންއަންނާނެއެވެ. ރޯގާޖެހުމުން ނޭފަތާއި ކަރު ކަހާފާނެއެވެ. ނަމަވެސް އެލަރޖީއެއްނަމަ ލޯކައިރި ދުޅަވުމަކީވެސް ވެދާނެކަމެކެވެ.
- އަލާމާތްތައް ގިނަދުވަހަށް ހުރުން
ރޯގާޖެހިގެންނަމަ އާންމުގޮތެއްގައި އަލާމާތްތައް ހުންނާނީ 5 ވަރަކަށް ދުވަހަށެވެ. ނަމަވެސް އެލަރޖީގައި އަލާމާތްތައް ގިނަ ދުވަހަށް ދެމިގެންދެއެވެ.
- ރޯގާއަކީ މޫސުމީ ކަމެއް
އާންމުގޮތެއްގައި އަހަރުގެ ވަކި ދުވަސްވަރެއްގައި ރޯގާ ޖެހޭމީހުން އުޅެއެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް އެދުވަސްވަރުގައި ރޯގާޖެހޭނަމަ އެއީ އާންމު ރޯގާއެކެވެ. ނަމަވެސް ރޯގާ ނުޖެހޭ ދުވަސްވަރެއްގައި މިފަދަ އަލާމާތްތައް ފެންނަނަމަ އެއީ އެލަރޖީއަކަށް ވެދާނެއެވެ.
- ހުންނައުން
އާންމުގޮތެއްގައި ރޯގާގައި ހުންއާދެއެވެ. ހުން އައުމަށްފަހު އެހެން އަލާމާތްތައް ފެނެއެވެ. އެހެންނަމަވެސް ހުން ނައިސް އެހެން އަލާމާތްތައް ފެންނަނަމަ އެއީ އެލަރޖީއަކަށް ވެދާނެކަމަށް ޑޮކްޓަރުން ބުނެއެވެ.
- ތެދުވެ އުޅެވުން
އާންމުގޮތެއްގައި ރޯގާ ޖެހުމުން ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލިކޮށްލައެވެ. ބައެއް މީހުންނަށް އެނދުން ތެދުވެ އުޅުމަކީވެސް އުނދަގޫކަމެކެވެ. އެލަރޖީގައި މީހާ ވަރުބަލިވިނަމަވެސް އެނދުގައެއް ނޯންނާނެއެވެ.