ތައިރޮއިޑްއަށް ރަނގަޅު ބައެއް ކާނާ

5 ފެބުރުއަރީ 2022 - 11:54

ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހަލުވިވެ އިތުރުވުމަކީ ވަރަށް އާންމު ޞިއްހީ މައްސަލަ އެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް (ތައިރޮކްސިން ހޯރމޯން އަދި ޓްރައިއަޔޯޑޯ ތައިރޮނީން ހޯރމޯން) މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.

ކާތަކެތިން ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިންގާ މަސައްކަތް ކޮންޓްރޯލް ކުރަނީ ތައިރޮއިޑް ގްލޭންޑުންނެވެ. ތައިރޮއިޑް ގްލޭންޑަށް ޖެހޭ ވަރަށް ގިނަ ބަލިތައް ހުރެއެވެ. ތައިރޮއިޑް ގްލޭންޑަށް ޖެހޭ ބަލިތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ދުޅަވެ ފުއްޕާލުން، ތައިރޮއިޑް ގްލޭންޑްގެ ކެންސަރު، ތައިރޮއިޑް ހޯރމޯން އެކަށޭނަވަރަށް ނުއުފެއްދުން (ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުން)، އަދި ތައިރޮއިޑް ހޯރމޯން އެކަށޭނަވަރަށް ވުރެ ގިނައިން އުފެއްދުން (ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް އިތުރުވުން ނުވަތަ ހަލުވިވުން) ވެސް ހިމެނެއެވެ.

advertisement

ތައިރޮއިޑްގެ މައްސަލަތަކަށް ވަކިން ޚާއްސަ ޑައިޓެއް ނުހުރެއެވެ. އެހެންނަމަވެސް ބައެއް ކާނާތައް ކެއުމުގެ ސަބަބުން މިކަމަށް ހައްލު ކޮންމެވެސް ވަރަކަށް ލިބިދާނެއެވެ. އޭގެތެރޭގައި:

  • ސީވީޑް

ތައިރޮއިޑް ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި އަޔޮޑިން ބޭނުންވެއެވެ. އަޔޮޑިން ތައިރޮއިޑުން ހަޑިގަނޑަށް ބޭނުންވާ ހޯމޯންތައް އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާވަރަށް އަޔޮޑިން ނުލިބޭނަމަ ތައިރޮއިޑްގެ މަސައްކަތްތައް ލަސްވެއެވެ. އެހެންކަމުން ސީވީޑްއަކީ މިކަމަށް ވަރަށް ރަނގަޅު އެއްޗެކެވެ.

  • ޔޯގަޓް

ޕްލެއިން ލޯފެޓް ޔޯގަޓްއިން ދުވާލެއްގެ މައްޗަށް އެމީހެއްގެ ހަށިގަނޑަށް ބޭނުންވާ އަޔޮޑިންގެ %50 ލިއްބައިދެއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ޔޯގަޓް ބޭނުންކުރާނަމަ ހަށިގަނޑަށް އަޔޮޑިން ލިބުމަށް މަގުފައިވާނެއެވެ.

  • ނަޓްސް

ނަޓްސްއަކީ ތައިރޮއިޑް ހޯމޯންސް އެއްވަރެއްގައި ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. 2003 ވަނަ އަހަރު ފްރާންސްގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކުވެސް ގަވައިދުން ނަޓްސް ކާމީހުންގެ ތައިރޮއިޑް ހޯމޯންއެއްކަމަށްވާ ސިލެނިއަމް ރަނގަޅުކަމަށް ދައްކައެވެ.

  • ކިރު

ކިރަކީ ތައިރޮއިޑަށް ރަނގަޅު އެއްޗެއްކަމަށްވާ އަޔޮޑިން ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ކޮންމެ ދުވަހަކު 1 ތަށި ލޯފެޓް ކިރު ބޯނަމަ އެދުވަހު ހަށިގަނޑަށް ބޭނުންވާ އަޔޮޑިންގެ ތިންބައިކޮށްފައި އެއްބައި ހަށިގަނޑަށް ލިބޭނެއެވެ.

  • ކުކުޅާއި ގެރިމަސް

ކުކުޅު އަދި ކެރިމަހުން ހަށިގަނޑަށް ޒިންކް ލިބެއެވެ. މިއީ ތައިރޮއިޑް ހޯމޯންސްއަށް ވަރަށް މުހިންމު އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާވަރަށްވުރެ މަދުން ޒިންކް ލިބޭނަމަ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތަކަށް ބުރޫއަރައެވެ. 

  • ބިސް

ދުވާލަކު 1 ބިސްކާނަމަ ހަށިގަނޑަށް ބޭނުންވާ %16 އަޔޮޑިން އަދި %20 ސެލެނިއަމް ލިބެއެވެ. އަދި މިއީ ތައިރޮއިޑަށް ވަރަށް ރަނގަޅު ކާނާއެކެވެ.

ރިއެކްޝަންސް
6
3
1
2
0
0
0