މޭއަންދައި ހަޖަމްކުރުމަށް އުނދަގޫވާނަމަ ހަދާނީ ކިހިނެތް؟
6 ފެބުރުއަރީ 2022 - 11:47
ގޭސްޓަރިކްގެ މައްސަލަތަކަކީ ވަރަށް ގިނައިން މީހުންނަށް ދިމާވާ މައްސަލައެކެވެ. ގޭސްޓްރިކްގެ މައްސަލަތައް ހަފްތާއަކު 2 ދުވަހަށްވުރެ އިތުރަށް ދިމާވާނަމަ އެއީ ގޭސްޓްރޯސޮފަގެލް ރީފްލަކްސް ޑިޒީޒް (ގާޑް) ގެ ހާލަތެކެވެ.
ގާޑްއަކީ ހިތަށް ދިމާވާ ކަމެކެވެ. މީގެ ޑައިޖެސްޓިވް ސިސްޓަމްއަށް އަސަރުކުރެއެވެ. އަދި މޭއެންދުމާއި ކާތަކެތި ހަޖަމްކުރުމުގައި އުނދަގޫތަކެއް އުޅެއެވެ.
ނޭޝަނަލް އިންސްޓްޓިޓިއުޓް އޮފް ޑައިބެޓިކްސް އެންޑް ޑައިޖެސްޓިވް އެންޑް ކިޑްނީ ޑިޒީޒްއިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އެމެރިކާގެ %20 މީހުންނަށް މި ބައްޔާއި ކުރިމަތިލާންޖެހޭކަމަށެވެ. މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި:
- ކާއެއްޗެހީގައި ހިތިރަކަލުން
- މެއަށްތަދުވުން
- ނޭވާލާން އުނދަގޫވުން
- ކެއްސާއިރު ތަދުވުން
މި މައްސަލަ ހުންނަ މީހުންނަށް ޑޮކްޓަރުން އިރުޝާދުދޭނީ ދިރިއުޅުމުގައި ވަކި ވައްޓަފާޅިއެއް ގެންގުޅުމަށެވެ. އޭގެތެރޭގައި:
- ބަރުދަން އެއްވަރެއްގައި ބެހެއްޓުން
- ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަމުން ދުރުވުން
- ރޭގަނޑުގެ ވަގުތުގައި މާގަދައަށް ކެއުން
- ކެއުމަށްފަހުގައި ނުނިދުން ނުވަތަ ނޯށޮއޮތުން
- ނިދާއިރު ބޯލާކޮޅު އުސްކުރުން
މިކަމަށް ހައްލު ހޯދުމަށްޓަކައި ބައެއް މީހުން ގޭގައި ތަފާތު ތަކެތި ތައްޔާރުކޮށްގެން ބޭނުންކުރެއެވެ. ނަމަވެސް އޭގެތެރެއިން ބައެއް ތަކެތި ބޭނުންކުރުމުގެ ސަބަބުން ރަނގަޅަށްވުރެ ބޮޑަށް ގެއްލުން ލިބޭފަހަރު އާދެއެވެ. އެގޮތުން ބޭނުންކުރާ ބައެއް ތަކެތީގެ ތެރޭގައި:
- ފެނަށް ބޭކިންގ ސޮޑާ އަޅައިގެން ބުއިން
- ޗުވިންގކަމް ބޭނުންކުރުން
- ކިރުބުއިން