ސްކްރީނަށް ގިނައިރު ބަލާނަމަ ލޮލަށް ރެސްޓްދޭނީ ކިހިނެތް؟
8 ފެބުރުއަރީ 2022 - 13:23
ދުވާލުގެ ވަގުތުތަކުގައި ގިނައިރު ސްކްރީންގައި ހޭދަކުރަމެވެ. އޮފީހުގެ މާހައުލުގައިވިއަސް ގިނަވަގުތު ހޭދަކުރަނީ ސްކްރީންގެ ކައިރީގައެވެ. އަދި އަތުގައި އޮންނަ ފޯނުގައިވެސް ގިނަވަގުތު ހޭދަކުރެއެވެ. މީގެއިތުރުން ޓީވީއާއި ލެޕްޓޮޕް ކައިރީގައިވެސް އަހަރެމެންގެ ކޮންމެ ދުވަހަކު ގިނަ ވަގުތު ހޭދަކުރެއެވެ.
ސްކްރީނަށް ގިނައިރު ބެލުމަކީ އޭގެ ސަބަބުން މީހާގެ ލޮލަށް ވަރަށް ބޮޑަށް އަސަރުކުރާކަމެކެވެ. ނަމަވެސް ސްކްރީނަށް ބެލުމުގެ ސަބަބުން ލޮލަށް ކުރާ އަސަރު ކުޑަކުރުމަށްވެސް އަހަރެމެންނަށް ކުރެވިދާނެ ބައެއް ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި:
- 20-20-20 ރޫލް
ސްކްރީންގައި ގިނަވަގުތު ހޭދަކުރާ މީހުންނަށް 20-20-20 ރޫލްއަކީ ލޮލަށް ކުރާ ބާރުކުޑަކުރުމަށް ކުރެވިދާނެކަމެކެވެ. މީގެމާނައަކީ ސްކްރީންގައި ތިމާކުރަންއިންނަ ކަމަކުން ކޮންމެ 20 މިނެޓަކުން ބްރޭކްނަގައި 20 ފީޓްގެ ދުރުމިނަށް ބަލައި 20 ސިކުންތު ހޭދަކުރުމެވެ. މީގެސަބަބުން ތިމާގެ ސިކުނޑިއަށް ލުއިވުމުގެ އިތުރުން ލޮލަށްވެސް ލުއިލިބި ލޮލަށް ބްރޭކެއް ލިބޭނެއެވެ.
- އެސްފިޔަ ޖެހުން
ސްކްރީނަށް ބަލަންއިންނައިރު ރަނގަޅަށް އެސްފިޔަ ޖެހުމަކީވެސް ލޮލަށްކުރާ ބާރުކުޑަކުރުމަށް ކުރެވިދާނެކަމެކެވެ. އާންމުގޮތެއްގައިވެސް އަހަރެމެން ލޮލުގެ އެސްފިޔަ ޖަހާނެއެވެ. ނަމަވެސް އެސްފިޔަ ޖެހުމާއިމެދު ވިސްނާ އެކަން ކުރުމުން ތަފާތު ފާހަގަކުރެވޭނެއެވެ. އެގޮތުން ހަމަހުރެފައި އެސްފިޔަޖެހުމުން ލޮލަށް އެކަން ފާހަގަނުވިނަމަވެސް ލޮލަށް ލުޔެއް ހޯދައިދިނުމަށް އެސްފިޔަ ޖެހުމުން ލޮލަށް އަރާމު ލިބޭނެއެވެ. އަދި މިއީ ސްކްރީނުން ލޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭނެ މުހިންމު ކަމެކެވެ.
- އަލިމަޑުކުރުން
ފޯނުގެ، ލެޕްޓޮޕް، ކޮންޕިއުޓަރ ނުވަތަ ޓެބްލެޓުގެ އަލިމަޑުކުރުމަކީވެސް ސްކްރީނުން ލޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ވަރަށް މުހިންމުކަމެކެވެ. އެހެންކަމުން ސްކްރީންގައި ހޭދަކުރާ ވަގުތުގައި ވީހާވެސް އަލިމަޑުކޮށްފައި ބަހައްޓާށެވެ.