ތެރަޕިސްޓް އަދި ސައިކިއޭޓްރިސްއެއްގެ އެހީ ހޯދާނީ ކިހާހިސާބަކުން؟

10 ފެބުރުއަރީ 2022 - 15:20

ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ ކަންތައްތަކެއްގެ ސަބަބުން ބައެއް ފަހަރު މީހާ ނަފްސާނީގޮތުން ދަތިއުނދަގޫ ހާލަތްތަކަށް ދާފަހަރު އާދެއެވެ. މިފަދަ ހާލަތްތަކުގައި މީހަކަށް ވާހަކަދައްކާލަން ބޭނުންވެއެވެ. ނަމަވެސް ބައެއް ފަހަރު ދާނީ ތެރަޕިސްޓެއްގެ ކައިރިއަށްތޯ ނުވަތަ ސައިކިއޭޓްރިސްއެއްގެ ކައިރިއަށްތޯ މިއީ ކަނޑައަޅާން އުނދަގޫ ކަމެކެވެ. އެހެންކަމުން ތިމާ ތަހައްމަލްކުރަމުންދާ ކަމެއްގެ ސަބަބުން އެހީތެރިކަން ހޯދަންވީ ކާކުގެ ކިބައިންކަން ދެނެގަންނާށެވެ.

ތެރަޕިސްޓެއްގެ އެހީ ހޯދާނީ ކޮންއިރަކު؟

advertisement

ސައިކޯތެރަޕިސްޓް، ސައިކޮލޮޖިސްޓް އަދި ކައުންސެލަރސްއަށްވެސް ތެރަޕިސްޓް ކިޔައެވެ. ތެރަޕިސްޓަކު މީހާގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އެހީތެރިވެދޭނެއެވެ. އެމީހުންނަކީ މިރޮނގުން ކިޔައިވައިގެން ތިބޭ މީހުންނެވެ.

ނަފްސާނީ މައްސަލަތައް ދެނެގަތުމާއި އެކަންކަމަށް ފަރުވާ ކުރުމަށް އެމީހުންނަށް އެނގޭނެއެވެ. ނަފްސާނީ ބައްޔަކަށް ބޭސްކުރަން ޖެހިއްޖެނަމަ އެމީހުން ޑޮކްޓަރެއް ނުވަތަ ސައިކިއޭޓްރިސްއެއްގެ އެހީތެރިކަން ހޯދަން ލަފާދޭނެއެވެ.

ދިރިއުޅުމުގެ ކަމަކާއިމެދު ވާހަކަދައްކާލަން، ހިޔާލު ބަދަލުކޮށްލަން، ނުވަތަ ކަމަކާއި ގުޅޭގޮތުން ހިޔާލެއް ހޯދާލަން ބޭނުންވެއްޖެނަމަ ތެރަޕިސްޓަކު އެކަމަށް އެހީތެރިވެދޭނެއެވެ. މިއީ މިދާއިރާއިން ކިޔަވައިގެން މިކަމަށް ހައްލު ގެނެސްދިނުމަށް ތަމްރީީންވެފައިތިބޭ މީހުންނެވެ. ތިމާގެ ދިރިއުޅުމުގެ މައްސަލަތައް ކިޔާދިނުމުން އެކަމުގެ މައްޗަށް ބަލައި ތެރަޕިސްޓުން ހައްލު ހޯދައިދޭނެއެވެ. އަދި ނަފްސާނީ މައްސަލައަކަށް ބޭސްކާން ބޭނުންނަމަ ތެރަޕިސްޓުން ސައިކިއޭޓްރިސްއެއްގެ ކައިރިއަށް ދިއުމަށް ލަފާދޭނެއެވެ.

ސައިކިއޭޓްރިސްއެއްގެ ކައިރިއަށް ދާނީ ކޮންއިރަކު؟

ސައިކިއޭޓްރިސްއަކީ މިދާއިރާއިން ކިޔަވައިގެން ތިބޭ ޑޮކްޓަރުންނެވެ. އެމީހުން ބަލިމީހުންނަށް ފަރުވާ ހޯދައިދެއެވެ. އޭގެތެރޭގައި ބްލަޑް ޕްރެޝަރ އަދި ހަކުރު ބަލި ހުންނަ މީހުން ހިމެނެއެވެ. އަދި ސައިކިއޭޓްރިސްއަކީ ނަފްސާނީ މައްސަލަތަކާއި، މަސްތުވާތަކެތީގައި ޖެހިފައިވާ މީހުންނާއި، މާބޮޑަށް ފަލަވެ އޮބޭސިޓީއަށް ގޮސްފައިވާ މީހުންނަށްވެސް ސައިކިއޭޓްރިސްޓުން ފަރުވާދެއެވެ.

އެމީހުންގެ ބޭނުމަކީ ތިމާއަށް ދިމާވެފައިވާ ސިއްހީ މައްސަލައަށް ބޭސް ބޭނުންކޮށްގެން ފަރުވާ ދިނުމެވެ.

ރިއެކްޝަންސް
0
1
0
0
2
0
0