ދާހިތްލާތަ؟ ސަބަބުތައް މިއޮތީ!
12 ފެބުރުއަރީ 2022 - 14:46
އާންމުގޮތެއްގައި އެންމެންނަކީވެސް ދާލިތްލާ މީހުންނެވެ. ނަމަވެސް މާބޮޑަށް ލާހިތްލާމީހުން ތިބެއެވެ. މާގިނައިން ދާލިތްލުމަށް ކިޔަނީ “ހައިޕަރހައިޑްރޮއިސިސް” އެވެ.
މާބޮޑަށް ދާހިތްލާ ފޭރުން އެކަން ފެންނަން ހުންނަނަމަ އެއީ ވަރަށް ލަތުވެތި ކަމެކެވެ. އާންމުގޮތެއްގައި ދާހިތްލާ ސަރަހައްދުތަކުގެ ތެރޭގައި:
- އަތް
- ފައި
- ކިހިލިފަތް
- މޫނު
- މޭމަތި
- ބުރަކަށި
އާންމުކޮށް މީހަކު ދާހިތްލާ މިންވަރާއި އަޅާއިތުރަށް ދާހިތްލުމުގެ ސަބަބުތަކެއް ހުރެދާނެއެވެ. އޭގެތެރޭގައި:
- ކަސްރަތުކުރުން
ކަސްރަތުކުރުމުގެ ސަބަބުން ހިތުގެ ތެޅުން މަތިވެ، ހަށިގަނޑުގެ ޓެންޕަރޭޗަރ އިތުރުވެއެވެ. މީގެސަބަބުން ދާލިތްލާ މިންވަރު އިތުރުވެއެވެ. ހޯދުންތަކުން ދައްކާގޮތުގައި ކަސްރަތުކުރުމުގެ ސަބަބުން މީހެއްގެ ހަށިގަނޑުން 2 ލީޓަރުގެ ޕްލުއިޑް ދަލުގެ ގޮތުގައި ބޭރުވެއެވެ.
- މޫސުން
މޫސުމަށް އަންނަ ބަދަލުތަކަކީވެސް ލާހިތްލުމަށް މަގުފައިވާ ކަންކަމެވެ. އެގޮތުން ހޫނުމޫސުމުގައި ދާހިތްލާ މިންވަރު އިތުރުވެއެވެ.
- މަސްތުވާތަކެތި ބޭނުންކުރުން
މަސްތުވާތަކެތީގެ ކިތަންމެ ކުޑަ މިންވަރެއް ބޭނުންކުރިނަމަވެސް ދާހިތްލާ މިންވަރު އިތުރުވެއެވެ. މީގެސަބަބަކީ މަސްތުވާތަކެތީގެ ސަބަބުން ހިތުގެ ތެޅުން އަވަސްވެ، ލޭނާރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދާހިތްލާ މިންވަރު އިތުރުވެއެވެ.
- ބޭނުންކުރާ ބައެއް ބޭސްތައް
ބޭނުންކުރާ ބައެއް ބޭސްތަކުގެ ސަބަބުންވެސް މީހާ ދާހިތްލާ މިންވަރު އިތުރުވެއެވެ. އޭގެތެރޭގައި ޑިޕްރެޝަންއަށް ބޭނުންކުރާ ބޭސްތަކާއި، ބްލަޑް ޕްރެޝަރ އަދި ހަކުރު ބައްޔަށްކާ ބޭސްތައް ހިމެނެއެވެ.
- އެންޒައިޓީ
ސްޓްރެސް ހޯމޯންގެ ސަބަބުން މީހާ ދާހިތްލާ މިންވަރު އިތުރުވެއެވެ. މީގެސަބަބުން ހިތުގެ ތެޅުމާއި، ބްލަޑް ޕްރެޝަރާއި، ހަށިގަނޑުގެ ޓެންޕަރޭޗަރ އިތުރުވެއެވެ. މިއީ ދާހިތްލަން މެދުވެރިވާ ސަބަބުތަކެކެވެ.
- ހުންއައުން
ހުންއައުމުން ފުރަތަމަ ދާނުހިއްލި ނަމަވެސް ހުން މަޑުވާން ފެށުމުން ހަށިގަނޑުން ދާހިތްލަން ފަށައެވެ. މީގެ ސަބަބުން ހަށިގަނޑު ހުރި ފިނިހޫނުމިނަށް ބަދަލުވާން ފެށުމެވެ.
- ކެފެއިން އަދި ކުޅި އެއްޗެހި ކެއުން
ކާއެއްޗެހީގެ ސަބަބުންވެސް މީހާގެ ހަށިގަނޑު ދާހިތްލާ މިންވަރު އިތުރުވެއެވެ. އެގޮތުން މާކުޅިއެއްޗެހި ކެއުމަކީ ދާހިތްލާކަމެކެވެ. އަދި ކޮފީފަދަ ކެފެއިން ހުންނަ ބުއިންތައް ބޭނުންކުރުމަކީވެސް ދާހިތްލާކަމެކެވެ.