ޕީރިއަޑްވުމުން އަންހެނުން ތަހައްމަލް ކުރަންޖެހޭ ކަންކަމުގެ ވާހަކަ ދައްކަން ލަދުގަންނާކަށް ނުޖެހޭނެ

27 ފެބުރުއަރީ 2022 - 14:53

ޕީޑިއަޑްވުމުން ކޮންމެ އަންހެނަކުވެސް ތަހައްމަލްކުރާ ތަޖްރިބާއާއި ވޭން އަނެކަކާއި ތަފާތެވެ. ބައެއް މީހުންނަށް ޕީރިއަޑްވުމުން ވަރަށް ބޮޑަށް އަސަރުކޮށް ވޭންއަޅައެވެ. ނަމަވެސް އަނެއްބައި މީހުންނަކީ މާބޮޑު ވޭނަކާއި ނުލައި މިކަމުން ފަސޭހަވާ މީހުންނެވެ.

ޕީރިއަޑްގެ ދުވަސްވަރުގައި އާންމުގޮތެއްގައި ގިނަ އަންހެނުންނަށް ކުރިމަތިވާ ކަންތައްތައް އެއްގޮތެވެ. އޭގެތެރޭގައި ޕީރިއަޑް ވުމުގެ ކުރިން މޫނުގެ އެކި ހިސާބުތަކުގައި އޮށާޅަ ނުވަތަ ބިހި ނެގުމަކީ އާންމުކޮށް ކުރިމަތިވާ ކަމެކެވެ. މިއީ ހަށިގަނޑުގެ ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަންގަނޑުގައި ތެޔޮ އުފައްދާ، ހަންގަނޑު ހިކުމުން ރައްކާތެރިކޮށްދޭ މާއްދާއެއް ކަމަށްވާ “ސެބަމް” ގިނަވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

advertisement

ޕީރިއަޑްއާ ގުޅިގެން ނަގާ ބިހިތަކަށް ދެވިފައިވާ ނަމަކީ “ސައިކްލިކަލް އެކްނޭ” އެވެ. ޕީރިއަޑްވުމުގެ ތިން ހަތަރު ދުވަސް ކުރިން މޫނުގެ އެކި ހިސާބުތަކުގައި ބިހިތައް ނެގި ނަމަވެސް ޕީރިއަޑް ރަނގަޅުވުމުން ބިހިތައްވެސް ރަނގަޅުވެއެވެ.

ނިދަން އުނދަގޫވުމަކީވެސް ޕީރިއަޑްއާއި ގުޅިގެން ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. ހޯމޯންއަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން މަތިކުރުވާއިރު ހާއްސަކޮށް ނިދާ ވަގުތު ފިނިހޫނުމިން މަތިވެއެވެ. މިކަމުގެ ސަބަބުން ހީކެރުވުމާއި ތުރުތުރު އެޅުމާއި ވަރުދޫވެ، ލޮޑުކަން އިހުސާސްކުރެވޭނެއެވެ. ހަށިގަނޑު ހޫނުވެ، ނިދަން އުނދަގޫވާއިރު އަރާމް ނިންޖަކަށްޓަކައި ހަށިގަނޑުގެ ފިނިހޫނުމިން މެދުމިނެއްގައި ހުރުން މުހިންމެވެ.

ޕީރިއަޑް ވުމުން ނުވަތަ ޕީރިއަޑްވާން ކައިރިވުމުން އުނަގަނޑުގައި ރިއްސުމަކީވެސް ވަރަށް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. އަދި މި ވޭން ބައެއް އަންހެނުންނަށް ތަހައްމަލް ކުރަން އުނދަގޫ މިންވަރަށް ބޮޑުވެސްވެއެވެ. އަދި ބައެއް މީހުން ބޭސްކާންވެސްޖެހެއެވެ. ހަށިގަނޑުގައި އުފައްދާ ގުދުރަތީ ކެމިކަލެއް ކަމަށްވާ “ޕްރޮސްޓެގެލެންޑިން” އަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އަދި ހަށިގަނޑުގައި އުފައްދާ އެސްޓްރޮޖެން ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮލުގައި ރިއްސުމަކީ ޕީރިއަޑްވުމުގެ ދެތިން ދުވަސް ކުރިން މަދުން ނަމަވެސް ދިމާވާ ކަމެކެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި މައިގްރެއިން ހުންނަ ފަރާތެއް ނަމަ ޕީރިއަޑްވުމުގެ ކުރިން ބޮލުގައި ރިއްސުމަކީ އާންމު ކަމެކެވެ.

ޕީރިއަޑްވުމުގެ ކުރިން އުރަމައްޗަށް ބަދަލު އައުމަކީވެސް ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. އުރަމަތީގައި ރިއްސުމާއި ކުޑަ ބޮޑު މިނަށްވެސް ބަދަލުތައް އާދެއެވެ. ޕިރިއަޑްވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން އާންމު ގޮތެއްގައި މި އުނދަގޫ ކުރިމަތިވާއިރު މި އުނދަގޫ ރަނގަޅުވަނީ ޕީރިއަޑް ދުވަސްވަރު ނުވަތަ ޕީރިއަޑްގެ ދުވސްތައް ފަހަނައަޅައި ދިއުމަށްފަހުއެވެ.

ރިއެކްޝަންސް
0
0
0
3
0
1
0